ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 ޖަމްޢިއްޔާގެ ޙަރަކާތްތައް  
ނޫރުލްއިސްލާމްގެ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް

Wednesday, August 25, 2010
 : 


އޯގަސްޓް 22 ވީ އާދީއްތަ ދުވަހު ފެށި ނޫރުލްއިސްލާމްގެ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތް 1431ގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުން އެދި ނޫރުލްއިސްލާމްގެ ފަރާތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒަށް ފޮނުވި ދައުވަތު ޤަބޫލުކުރައްވައި އެމަނިކުފާނު ޖަލްސާއަށް ވަޑައިގަންނަވާނެކަން މިނިސްޓްރީއިން އަންގަވައިފިއެވެ.

އެހެންކަމުން މިމަހުގެ 26 ވާ ބުރާސްފަތިދުވަހު ބޭއްވުމަށް ކަނޑައެޅިފައިވާ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ފަޟީލަތުއްޝައިޚް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އެވެ.

އެމަނިކުފާނުގެ އިތުރުން ޑިޕިޔުޓީ ސްޓޭޓް މިނިސްޓަރ ދެކުނު ޕްރޮވިންސް އަލްފާޟިލް އަޙްމަދު އަދްހަމާއި ދެކުނު ޕްރޮވިންސް ކައުންސިލަރ އަލްފާޟިލް ޢަބްދުﷲ ޖަމީލުވެސް މި ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.


[މިހާތަނަށް މި ޞަފްޙާ ބަލާފައިވަނީ 1031 ފަހަރު]މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް