އިސްލާމިކް އޮންލައިން ޔުނިވަރސިޓީ (އައީއޯޔޫ) ގެ މިއަހަރުގެ ދެވަނަ ސެމިސްޓާގެ
އިމްތިޙާނުތައް އައްޑޫގައި މިއަދު ފެށިއްޖެ އެވެ.
އެ ޔުނިވާސިޓީގެ ރަސްމީ އިމްތިޙާން ސެންޓަރެއްގެ ގޮތުގައި މާލެ ފިޔަވައި ރާއްޖޭގެ އެހެން ހިސާބެއްގައި ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނު ސެންޓަރުގެ ގޮތުގައި ޤާއިމު ކުރެވިފައިވާ ނޫރުލްއިސްލާމް އިމްތިޙާން ސެންޓަރުގައި ދެދަރިވަރަކު މިއިމްތިޙާނު ހަދަމުން ގެންދެއެވެ.
އައީއޯޔޫއަކީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސްގެ މަސްއޫލުވެރިކަމުގެ
ދަށުން އެކި ދާއިރާތަކުން ކިޔަވައި ދެމުން ގެންދާ އޮންލައިން ޔުނިވަރސިޓީއެކެވެ. މި
ޔުނިވާސިޓީގައި ހިލޭ ކިޔަވައިދޭ ޑިޕްލޮމާ ކޯސްތަކާއި، އަދި ކުޑަ ރަމްޒީ އަގަކާއެކު
ކިޔަވައިދޭ ޑިގްރީ ކޯސްތައްވެސް ހިންގަމުން ގެންދެއެވެ.
ނޫރުލްއިސްލާމްގެ އިތުރުން ދިވެހިރާއްޖޭގައި އިސްލާމިކް އޮންލައިން
ޔުނިވާސިޓީގެ އިމްތިޙާން ސެންޓަރެއް ޤާއިމުކޮށްފައިވަނީ މާލޭގައި
ޖަމްޢިއްޔަތުއްސަލަފް އިންނެވެ. ފާއިތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި 6 ފަހަރެއްގެމަތިން
ޖަމްޢިއްޔަތުއް ސަލަފުންވަނީ އައީއޯޔޫގެ އިމްތިޙާނުތައް ރާއްޖޭގައި ބާއްވާފައެވެ.
މިއީ އިސްލާމިކް އޮންލައިން ޔުނިވާސިޓީގެ އިމްތިޙާން އައްޑޫގައި ކުރިއަށް
ގެންދާ ފުރަތަމަ ފަހަރެވެ. އެޔުނިވާސިޓީގެ ކޯސްތަކުގައި ބައިވެރިވާ އައްޑޫގެ ގިނަ
ދަރިވަރުން ތަކެއްގެ އެދުމުގެ މަތިން އެ ޔުނިވާސިޓީގެ އިމްތިޙާން މަރުކަޒެއްގެ
ގޮތުގައި ނޫރުލްއިސްލާމް ހަމަޖައްސާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 16 ވަނަ
ދުވަހު އެވެ.