ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 ޖަމްޢިއްޔާގެ ޙަރަކާތްތައް  
ޣައްޒާ ފަންޑަށް 2 ލައްކައަށްވުރެ ގިނަ ރުފިޔާ ޖަމާ ކުރެވިއްޖެ

Saturday, August 02, 2014
 : 

ނޫރުލްއިސްލާމް ޖަމްޢިއްޔާއިން އިސްނަގައިގެން، ހިތަދޫގެ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ޕާލްސް ޖަމްޢިއްޔާއާއި ގުޅިގެން ޣައްޒާ ފަންޑުގެ ފަންޑުފޮށިތައް 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 28 ގެ ނިޔަލަށް ހިތަދޫގައި ވަނީ ބެހެއްޓިފައެވެ.

މިގޮތުން ޖުލައި 25 ވީ ހުކުރު ދުވަހު ހިތަދޫގެ ދެ ސަރަހައްދެއްގައި ފޮށިތައް ބެހެއްޓުނެވެ. އަދި އޭގެ ފަހު ދުވަހު ހިތަދޫގެ ދެސަރަހައްދެއްގައާއި ފޭދޫގައި ފޮށިތައް ބެހެއްޓުނެވެ. އަދި 27 ޖުލައި ވީ އާދީއްތަ ދުވަހު ހިތަދޫގައި އެއްފޮށި އަދި މަރަދޫގައި އެއްފޮށި ބެހެއްޓިފައިވެއެވެ. އަދި ޢީދުގެ އައްޑޫ ބޮޑު ޖަމާޢަތަށްފަހު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި 3 ފޮށި ބެހެއްޓުނެވެ.

މި ފޮށިތަކަށް ޖުމްލަ 203347 ރުފިޔާ 75 ލާރި އާއި 726 ޔޫއެސް ޑޮލަރު ލިބިފައި ވެއެވެ.

މި ފައިސާ ވަނީ 30 ޖުލައި 2014 ގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އައްޑޫ ބްރާންޗް މެދުވެރިކޮށް ޣައްޒާ ފަންޑުގެ އެކައުންޓަށް ޖަމާ ކުރެވިފައެވެ.


[މިހާތަނަށް މި ޞަފްޙާ ބަލާފައިވަނީ 994 ފަހަރު]މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް