ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 ނޫސްބަޔާން  
ދިވެހި ސަރުކާރުގެ ނިންމުމަށް މަރުޙަބާ ދެންނެވުން

Monday, July 21, 2014
 : 


 

ނަންބަރު: NI-PRESS-2014/001

ފަލަސްޠީނުގެ ބިމުގައި ގަދަކަމުން ވަޒަންވެރިވެގެން އުޅޭ ޣައިރު ޤާނޫނީ ޓެރަރިސްޓް ދައުލަތެއް ކަމަށްވާ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރި ކުރެއްވުމުގެ ގޮތުން، ދިވެހި ސަރުކާރުގެ ފަރާތުން މިއަދުވަނީ މުހިއްމު ނިންމުންތަކެއް ނިންމަވާފައެވެ.

މިގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން އިޒްރޭލާއެކު ވެފައިއޮތް ތިން އެއްބަސްވުން އުވާލެއްވުމަށާއި، އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ވިޔަފާރި ކުރުން މަނާކުރެއްވުމަށާއި، އަދި ސަރުކާރުން އިސްނަންގަވައިގެން ދިވެހިރައްޔިތުންގެ ނަމުގައި ފަލަސްޠީނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބައްލަވައި، ފަލަސްޠީނަށް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެޤައުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ދިވެހި ސަރުކާރުން ވަނީ ނިންމަވާފައެވެ.

މިކަމަކީ އިސްލާމީ އުއްމަތުގެ ހިތް ކަމުގައިވާ ފަލަސްޠީނުގެ މުސްލިމު އަޚުންނާއި އުޚްތުންނާއެކު ދުނިޔޭގައިވާ ހަމައެކަނި ސައްތައިންސައްތަ ސުއްނީ މުސްލިމް ޤައުމު ކަމުގައިވާ ދިވެހިރާއްޖެ ވާކަން ހާމަކޮށްދޭ ހިތްވަރުގަދަ ނަމޫނާ ނިންމުމެއް ކަމުގައި ނޫރުލްއިސްލާމުން ޤަބޫލު ކުރަމެވެ. ބޮޑެތި ޢަރަބި އިސްލާމީ ބައެއް ޤައުމުތަކުން ފާޅުގައި ޔަހޫދީންނާ ދެކޮޅަށް ބަސްބުނަން ޖެހިލުންވެފައި ތިބި މި އުނދަގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރުން ފާޅުގައި އިޒްރޭލުގެ ޖަރީމާތައް ކުށްވެރި ކުރައްވާފައިވާކަން ފާހަގަ ކުރަމެވެ.

އެހެންކަމުން، އުއްމަތުގެ ޙައްޤުގައި މި ތާރީޚީ ނިންމެވުން ނިންމެވި ކަމަށްޓަކައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށާއި ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދަށާއި ދިވެހި ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށާއި ދިވެހި ރައްޔިތުންނަށް ހިތުގެ އެންމެ އިޚްލާޞްތެރި ޝުކުރު ދަންނަވަމެވެ.

ހަމައެއާއެކު އުއްމަތުގެ ޙައްޤުގައި ޒައިނިސްޓުންގެ އުފެއްދުންތައް ރާއްޖެ އެތެރެ ނުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް އިޙްތިރާމް ކުރުމަށާއި، އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ ޤައުމީ ކެމްޕޭނެއް ކުރިއަށް ގެންދިޔުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

23 رمضان 1435 

21 ޖުލައި 2014 

 

މުޙައްމަދު އަނީލް

(ނޫރުލްއިސްލާމްގެ ރައީސް)


[މިހާތަނަށް މި ޞަފްޙާ ބަލާފައިވަނީ 754 ފަހަރު]



މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް