ދީނީ
ހޭލުންތެރިކަން އިތުރު ކުރުމަށް ނޫރުލްއިސްލާމުން ބާއްވާ ޚާއްޞަ ރޯޑްޝޯވ އެއް
ޖުލައި 12 ވާ ހޮނިހިރު ދުވަހުގެ ހަވީރު ހިތަދޫގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މި
ރޯޑްޝޯވް ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްކޫލް ކުރިމަތިން ބޮޑުމަގުގެ ތާރުގަނޑު
ނިމޭ ހިސާބުގައި ކުރިން މޮނިޔުމަންޓް ބެހެއްޓިފައި ހުރި ދިމާލުގައެވެ.
ރޯޑްޝޯވގެ
ސްލޯގަން އަކަށް ބޭނުންކުރަނީ "ACHIEVE YOUR GOAL" އެވެ.
މި
ރޯޑްޝޯވ ގައި ދީނީ ބައެއް ފޮތްތަކާއި ލީފްލެޓްތައް ހިލޭ ބެހުމާއި، ސްމާޓް ފޯނުތަކަށް
ޤުރްއާން، ޙަދީޘް، ދުޢާ، ބަންގި ފަދަ އެޕްލިކޭޝަންތަކާއި ޤުރްއާން އޯޑިއޯ ހިލޭ
އަޅައި ދިނުމާއި، ދީނީ ކައުންސެލިން ދިނުމާއި، ކުޑަކުދިންގެ ވީޑިއޯ މަދަހަ
ޔޫއެސްބީތަކަށް އަޅައި ދިނުމާއި، ޖަމްޢިއްޔަތުއްސަލަފްގެ ބައެއް ދަރުސް ސީޑީތައް ވިއްކުމާއި،
ޢިލްމުވެރިންގެ ސުވާލާއި ޖަވާބު ޕްރޮގްރާމެއް ހިންގުމެވެ.
މި
ރޯޑްޝޯވ ގައި ވޮލަންޓިއަރުންގެ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ
ހިތަދޫ ކެމްޕަސްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފެކަލްޓީ އޮފް އިސްލާމިކް
ސްޓަޑީޒްގެ ދަރިވަރުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ
އިތުރަށް އައްޑޫގެ ގިނަ ދީނީ ޢިލްމުވެރިންތަކެއްވެސް މި ރޯޑްޝޯވ ގައި ބައިވެރިވެ
ވަޑައިގަންނަވާނެއެވެ.
ރޯޑްޝޯވ
ކުރިއަށް ދާނީ 12 ޖުލައި 2014 ވާ ހޮނިހިރު ދުވަހުގެ ހަވީރު ޢަޞްރު ނަމާދުގެ ފަހުން
ފެށިގެން ހަވީރު 5:45 އާ ހަމައަށެވެ.
މި
ރޯޑްޝޯވ ގައި ހިތަދޫގެ ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެން ދެއްވުން
އެދެމެވެ.