ނޫރުލްއިސްލާމްގެ
ފަރާތުން ހިތަދޫގެ ފަޤީރު ޢާއިލާތައް ނޯޓް ކުރުމަށް ހުޅުވާލި ފުރުޞަތުގައި ނަންނޯޓު
ކުރި ޢާއިލާތައް ސްކްރީން ކުރުމަށްފަހު ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭން
ޖެހޭކަމަށް ނޫރުލްއިސްލާމްގެ ޗެރިޓީ ޑިޕާޓްމަންޓުން ނިންމި ޢާއިލާތަކަށް ކާބޯތަކެތީގެ
އެހީ ފޯރުކޮށްދީފިއެވެ.
މިކަމަށްޓަކައި
ޖޫން މަހުގެ 27 އަދި 28 ގައި ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން ކުރިއަށް
ގެންދިޔަ އޮޕަރޭޝަނުގައި ހިތަދޫގެ 13 ޢާއިލާއަކަށް ރަމަޟާންމަހަށް ބޭނުންވާނެ
ކާބޯތަކެތީގެ އެހީ ފޯރުކޮށްދެވިފައިވެއެވެ.
މިގޮތުން
ދެވިފައިވާ ތަކެތީގެ ތެރޭގައި، ހަނޑޫ، ހަކުރު، ފުށް، ލޮނު، ޓޮމާޓޯ ޕޭސްޓް، ގެރިކިރު، ހިކިކިރު، މައިލޯ، ސައިފަތް، އަލުވި، ލޮނުމެދު، ފޯސްޓަރ ކްލާކްސް ޖޫސް، ކައްކާ ތެޔޮ، ބިސް އަދި ހަވާދު ހިމެނެއެވެ.
މި
ޕްރޮޖެކްޓަށް މޯލްޑިވްސް އިސްލާމިކް ބޭންކާއި ޢާއްމު ފަރުދުންނާއި ހިތަދޫގެ
ވިޔަފާރިވެރިއެއްގެ ފަރާތުން އެހީތެރިކަން ލިބިފައިވާކަން ޝުކުރުވެރިކަމާއެކު
ނޫރުލްއިސްލާމުން ފާހަގަ ކުރަމެވެ.