އައްޑޫސިޓީ
ހިތަދޫގެ ދެމިސްކިތެއްގައި އިމާމުވެ ހިފްޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް ދެ
ހާފިޒަކު ރާއްޖެއިން ބޭރުން، ނޫރުލްއިސްލާމް ޖަމްޢިއްޔާގެ އިސްނެގުމާއެކު
ގެނެސްފިއެވެ.
ނޫރުލްއިސްލާމްގެ
ފަރާތުން ހާފިޒުން ގެނެސްދީފައިވަނީ ހިތަދޫ ހުކުރުމިސްކިތަށާއި ހިތަދޫ މަސްޖިދު
ޛިއްނޫރައިނި އަށެވެ.
ހިތަދޫ
މަސްޖިދު ޛިއްނޫރައިނި އަށް ގެނެސްފައިވަނީ އިންޑިޔާގެ ހާފިޒެކެވެ.
އަދި
ހުކުރު މިސްކިތަށް ގެނެވިފައިވަނީ ޕާކިސްތާނުގެ ޢިލްމުވެރިއެއް ކަމަށްވާ
ފަޟީލަތުއްޝައިޚް ޢަބްދުއްރަޙްމާން އެވެ.