ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 ޖަމްޢިއްޔާގެ ޙަރަކާތްތައް  
ނޫރުލްއިސްލާމްގެ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތް 1431 ފަށައިފި

Sunday, August 22, 2010
 : 


ނޫރުލްއިސްލާމްގެ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތް 1431 ފެށިއްޖެއެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮތީ ސ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިދްރީސް ޙުސައިން އެވެ. އެމަނިކުފާނު ވަނީ މި ބައްދަލުވުމުގައި ބައިވެރިވި ދަރިވަރުންނާއި ބެލެނިވެރިންނާ މުޚާޠަބު ކުރައްވައި އަސަރުގަދަ ތަޤްރީރެއް ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ޙަލީމާއި އިސްލާމިއްޔާ ސްކޫލްގެ ލީޑިންގ ޓީޗަރ ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދީއާއި ނޫރުލްއިސްލާމްގެ ސްޕެޝަލް އެޑްވައިޒަރ ފަޟީލަތުއްޝައިޚް ޙަސަން ލަޠީފް މޫސާ އާއި ނޫރުލްއިސްލާމްގެ މެންބަރުންނާއި މުބާރާތުގެ ބައިވެރިންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.

މި މުބާރާތް 4 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.


[މިހާތަނަށް މި ޞަފްޙާ ބަލާފައިވަނީ 992 ފަހަރު]



މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް