ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 އެހެނިހެން  
އަލްއުސްތާޛާ ޢާއިޝަތު މުނީޒާގެ ވަނަވަރު

Monday, March 04, 2013
 : 

 

 

އަލްއުސްތާޒާ ޢާއިޝަތު މުނީޒާ އަކީ ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހެޑް އޮފް އިސްލާމިކް ފައިނޭންސް ގެ އިތުރަށް ކެޕިޓަލް މާރކެޓް ޝަރީއާ އެޑްވައިޒަރި ކޮމިޓީގެ ޗެއަރޕަރސަންއެވެ. އަލްއުސްތާޒާ ޢާއިޝަތު މުނީޒާ ވަނީ ރާއްޖޭގެ އިސްލާމިކް ކެޕިޓަލް މާރކެޓް އޮނިގަނޑު އެކުލަވާލުމުގެ ބުރަ މަސައްކަތްކުރައްވާފައެވެ.

ޢާއިޝަތު މުނީޒާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސްލާމިކް ފައިނޭންސް ކޮންސަލްޓެންޓެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވައެވެ.

 ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ގެ އިސްލާމިކް ވިންގު ކަމުގައިވާ އެޗްޑީއެފްސީ އަމްނާ ހެދުމުގައި އެންމެ އިސްރޯލެއް އަދާކުރައްވާ ފަރާތަކީ ވެސް އަލްއުސްތާޒާ ޢާއިޝަތު މުނީޒާއެވެ. އެޗްޑިއެފްސީ އަމްނާ ގެ ކޮންސަންޓެންޓެއްގެ ގޮތުން އެ ކުންފުނީގެ އިސްލާމިކް ޕްރޮޑަކްޓުތައް ހައްދަވައިދެއްވާ އެގްރީމަންޓުތައް ޑްރާފްޓުކޮށްދެވާފައިވަނީ ވެސް އަލްއުސްތާޒާ ޢާއިޝަތު މުނީޒާއެވެ. އަދި އެޗްޑީއެފްސީ އަމްނާ ގެ ޝަރީއާ އެޑްވައިޒަރި ކޮމިޓީގައި ވެސް އަލްއުސްތާޒާ ޢާއިޝަތު މުނީޒާ މަސައްކަތްކުރައްވައެވެ. މީގެއިތުރުން ނޭޝަނަލް ފިޤްހު އެކަޑެމީގެ މެމްބަރެއްގެ ގޮތުގައިވެސް އަލްއުސްތާޒާ ޢާއިޝަތު މުނީޒާ ހިމެނިވަޑައިގަންނަވައެވެ.

އަލްއުސްތާޒާ ޢާއިޝަތު މުނީޒާ އިސްލާމިކް ފައިނޭންސް ލޯޔަރެއް ގޮތުންވެސް މަސައްކަތް ކުރައްވައެވެ. މިގޮތުން ރާއްޖޭގެ މަޝްހޫރު ލޯ ފާރމެއްކަމުގައިވާ ސުޢޫދު އަންވަރ އެންޑް ކޯ ގެ ޕްރިންސިޕަލް އެސޯސިއޭޓްއެއްގެ ގޮތުން އިސްލާމިކް ބޭންކިންގް އެގްރީމަންޓުތައް ހެދުމުގައިވެސް މަސައްކަތްކުރައްވައެވެ.

އިސްލާމިކް ފައިނޭންސާއި ބެހޭ ލެކްޗަރތަކާއި ސެމިނަރ ތަކާއި ވަރކްޝަޕް ހިންގެވުމުގެ އިތުރަށް މިދާއިރާއިން ތަފާތު އެތައް ރިސާރޗްތަކެއް ހައްދަވައި، ފޮތް ލިޔުއްވައި، ދުނިޔޭގެ އެތައް ޤައުމެއްގެ އެކަޑެމިކް ޖާނަލްތަކުގައި ޝާޢިއުކުރައްވާފައިވެއެވެ. އަދި އިސްލާމިކް ފައިނޭންސާއި ބެހޭ ދިރާސާތައް ހުށަހެޅުއްވުމަށް ދުނިޔޭގެ އެތައް ޤައުމަކަށް ވަޑައިގަންނަވާފައިވެއެވެ. މިގޮތުން، އިންޑިޔާ، ބަންގްލަދޭޝް، ފްރާންސް، އޮސްޓްރޭލިއާ، މޮރިޝަޝް، ބްރޫނާއީ، އިންޑޮނޭސިއާ، ޓިޔުނޭޝިޔާ އަދި ސިންގަޕޫރު ހިމެނެއެވެ.

އަލްއުސްތާޒާ ޢާއިޝަތު މުނީޒާ އިސްލާމިކް ފައިނޭންސް ގެ ރޮގުން ހައްދަވާފައިވާ ބައެއް ދިރާސާތަކަށް ރަން އަދި ރިހި މެޑަލް އެވޯޑުކުރެވިފައިވެއެވެ. 2010 ވަނަ އަހަރު ކުއާލަލަމްޕޫރު އިސްލާމިކް ފައިނޭންސް ފޯރަމުގައި މުޅު ދުނިޔެއަށް ހުޅުވާލައިގެން ގެންދިޔަ އިސްލާމިކް ފައިނޭންސް މަޒްމޫނު ލިޔުމުގެ މުބާރާތުން އެއްވަނަ ހާސިލްކުރައްވާފައިވެއެވެ.

މެލޭޝިޔާގެ ކެޕިޓަލް މާރކެޓް ރެގިޔުލޭޓަރ، ސެކިޔުރިޓީޒް ކޮމިޝަން މެލޭޝިޔާ ގައި ޝަރީއާ އެޑއވައިޒަރެއްގެ ގޮތުން  ރަޖިސްޓްރީ ކުރެވުނު އަދި އެ ލިސްޓުގައި ނަން އޮތް ހަމައެކަނި ދިވެއްސަކީ ވެސް އަލްއުސްތާޒާ ޢާއިޝަތު މުނީޒާއެވެ.

އަލްއުސްތާޒާ ޢާއިޝަތު މުނީޒާ ވަނީ މެލޭޝިޔާ ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން އެލްއެލްބީ (އޮނަރސް)، އެލްއެލްއެމް (ބޭންކިންގް) ހާސިލްކުރައްވައި، މިހާރު ޕީއެޗްޑީ (ލޯ) އަށް ކިޔަވާ ވިދާޅުވަމުންނެވެ.


[މިހާތަނަށް މި ޞަފްޙާ ބަލާފައިވަނީ 1456 ފަހަރު]މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް