ނޫރުލްއިސްލާމްގެ ހިންގާ ކޮމިޓީގެ މަޤާމްތަކަށް ކުރިމަތި ލުމާބެހޭ
ނޫރުލްއިސްލާމްގެ އަހަރީ ޢާއްމު ޖަލްސާ، 2012 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 7 ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ކުރިއަށް އޮތް ދައުރަށް ނޫރުލްއިސްލާމްގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ ނޫރުލްއިސްލާމްގެ ހިންގާ ކޮމިޓީގެ މަޤާމްތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، މަޤާމަށް ކުރިމަތި ލުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 6 ޑިސެމްބަރ 2012 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޖަމްޢިއްޔާގެ އިދާރާއަށް ނުވަތަ ހިތަދޫ ސައިޑް ބިޒް ޓްރޭޑާސްއަށް ހުށަހެޅުން އެދެމެވެ. މަޤާމަށް ކުރިމަތިލުމަށް އެދޭފޯމު، ޖަމްޢިއްޔާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.
ނޫރުލްއިސްލާމްގެ ހިންގާ ކޮމިޓީގެ މަޤާމްތަކާއި، މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ތިރީގައި މިވަނީއެވެ.
މަޤާމުތައް:
1- ރައީސް
2- ނައިބުރައީސް
3- ސެކްރެޓަރީ ޖެނެރަލް
4- ސެކްރެޓަރީ ޖެނެރަލްގެ ނައިބު
5- ހިންގާ ސެކްރެޓަރީ
6- ޚަޒާންދާރު
7- ޚަޒާންދާރުގެ ނައިބު
8- އަންހެނުންގެ ގޮފީގެ ރައީސާ
9- އަންހެނުންގެ ގޮފީގެ ނައިބު ރައީސާ
ޝަރުޠުތައް:
1- މުސްލިމަކު ކަމުގައި ވުމާއި ސުއްނަތް ޖަމާޢަތުގެ ޢަޤީދާގެ އަހުލުވެރިއަކަށްވުން.
2- ދިވެހި ރައްޔިތަކަށްވުން
3- މި ޖަމްޢިއްޔާއަކީ އައްޑޫސިޓީގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާއަކަށްވާތީ އާއި، ހިންގާ ކޮމިޓީގެ ބައްދަލުވުންތައް އޮންނާނީ އައްޑޫސިޓީގައި ކަމަށްވާތީ، ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތަކީ، އައްޑޫސިޓީގައި ދިރިއުޅޭ މީހެއް ކަމަށް ވުން، ނުވަތަ، އައްޑޫސިޓީގައި އަހަރުގެ ގިނަ ދުވަހު ދިރިއުޅޭ މީހެއް ކަމުގައި ވާން ޖެހޭނެއެވެ.
4- އިސްލާމްދީނުގައި ޙައްދު ކަނޑައަޅުއްވާފައިވާ ކުށެއް ސާބިތު ވެފައިވާ މީހެއް ކަމުގައި ނުވުން.
5- ޖަމްޢިއްޔާގެ މެންބަރެއްގެ ގޮތުގައި 3 ޑިސެމްބަރ 2012 ވާ ހޯމަ ދުވަހުގެ ކުރިން ރަޖިސްޓަރީ ވެފައިވާ މީހެއް ކަމުގައި ވުން.
ހިންގާ ކޮމިޓީއަށް ކުރިމަތިލުމާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނޫރުލްއިސްލާމްގެ އަހަރީ ޢާއްމު ޖަލްސާގެ ކޯޑިނޭޓަރ 9962613 އަށް ގުޅުއްވުން އެދެމެވެ.
20 މުޙައްރަމް 1434
4 ޑިސެމްބަރ 2012