ނޯޓް: މި ކޯހުގެ ކިޔެވުން އޮންނާނީ އައްޑޫ ހައި ސްކޫލްގައެވެ. ހަފްތާއަކު 3 ރޭ، ކޮންމެ ރެއަކު 8:30 އިން 10:00 އަށެވެ. މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.
*************************************************************
ނަންބަރު: NI/IU/2012/004
އިސްލާމްދީން އުނގެނިގަތުމަށްޓަކައި އެންމެ މުހިއްމު އެއްކަމަކީ، ޢަރަބި ބަސް އުނގެނިގަތުން ކަމަށްވާތީއާއި، އިސްލާމީ ތަޢުލީމު މީސްތަކުންގެ މެދުގައި ފެތުރުމަކީ ނޫރުލްއިސްލާމް އުފެއްދުމުގެ މަޤްޞަދު ތަކުގެ ތެރެއިން މުހިއްމު މަޤްޞަދެއް ކަމުގައި ވާތީ، މި ޖަމްޢިއްޔާގެ ފަރާތުން ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ޢަރަބި ބަހުގެ ކޯހެއް ހިންގުމަށް ނިންމައިފީމެވެ.
ކޮންމެ ހަފްތާއަކު ތިންރޭ ކިޔަވައި ދެވޭ ގޮތަށް ކުރިއަށް ގެންދާ މިކޯހުގައި ކިޔަވައި ދެއްވާނީ ޢަރަބި ބަހާއި އިސްލާމީ ތަޢުލީމުން ފުރަތަމަ ޑިގްރީ ޙާޞިލު ކުރައްވާފައިވާ ބޭފުޅުންނެވެ. މިކޯސް ހިންގުމަށް ޤަޞްދު ކުރެވިފައިވަނީ، 4 ސެމެސްޓަރ އަކަށް ބަހާލައިގެންނެވެ. މި ކޯސް ނިމޭއިރު، އިރާދަކުރެއްވިއްޔާ، ޢަރަބިބަހުން ލިޔެ ކިޔުމާއި، ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ކޯސް ފުރިހަމަ ކުރާ ބައިވެރިންނަށް ލިބިގެންދާނެއެވެ.
މި ކޯހުގައި ބައިވެރިވެ ވަޑައިގަންނަވަން އެދިވަޑައިގަންނަވާ ބޭފުޅުން، 26 ސެޕްޓެމްބަރ 2012 ވާ ބުދަ ދުވަހުގެ ކުރިން 7525158 އަށް ގުޅުއްވައި ނަންނޯޓު ކުރެއްވުން އެދެމެވެ.
މިކޯހާއި ގުޅޭ އިތުރު މަޢުލޫމާތުތަކާއި އަޕްޑޭޓްތައް، ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓް www.noorul-islam.org އިން ލިބިވަޑައިގަންނަވާނެއެވެ.
29 ޝައްވާލް 1433
16 ސެޕްޓެމްބަރ 2012
ނޫރުލްއިސްލާމްގެ އިދާރާ