ނަންބަރު: NI/IU/2012/002
ނޫރުލްއިސްލާމްގެ 3 ވަނަ އަހަރީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން
1433 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ބޭއްވުމަށް އިޢުލާން ކުރެވިފައިވާ، ނޫރުލްއިސްލާމްގެ 3 ވަނަ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުމުގެ މުއްދަތު، 14 ޖޫން 2012 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރު ކުރުމަށް މިޖަމްޢިއްޔާއިން ނިންމައިފީމެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު އައިލެންޑް ބުކްޝޮޕް، ސ. ހިތަދޫ އާއި ފެއާ ޕްރައިސް، ސ.ހިތަދޫ އާއި ކަރަމަތި، ސ.މަރަދޫ އާއި މޯރަލް ބުކްޝޮޕް، ސ. ފޭދޫ އަދި ދޮހާފެށި، ސ.ހުޅުދޫ އިން ލިބެން ހުންނާނެއެވެ. ފޯމެއްގެ އަގަކީ 5 ރުފިޔާއެވެ. ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މުބާރާތުގައި ބައިވެރިވާ ފަރާތުގެ އައިޑީކާޑު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީއަކާއެކު، 14 ޖޫން 2012 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިޖަމްޢިއްޔާގެ އިދާރާއަށް ނުވަތަ ފޯމް ނެންގެވި ތަނަށް ހުށަހަޅަން ޖެހޭނެއެވެ.
14 ޖޫން 2012 ވާ ބުރާސްފަތި ދުވަހުގެ ފަހުން އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ހިތާމައާއެކު ދެންނެވީމެވެ.
މުބާރާތުގައި ބައިވެރިވުމާއި، މުބާރާތަށް އިނާމް ހުށަހެޅުއްވުމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ނޫރުލްއިސްލާމްގެ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ އިންތިޒާމް ކޮމިޓީގެ 7860104 މިނަންބަރު ފޯނަށެވެ. މިމުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު، ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓް www.noorul-islam.org އިން ލިބިވަޑައިގަންނަވާނެއެވެ.
10 ރަޖަބު 1433
31 މޭއި 2012
ނޫރުލްއިސްލާމްގެ އިދާރާ