ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 އިޢުލާން / ދެންނެވުން  
ނޫރުލްއިސްލާމްގެ 3 ވަނަ އަހަރީ ޤުރުއާން ކިޔެވުމުގެ މުބާރާތާ ބެހޭ

Saturday, May 12, 2012
 : ނޫރުލްއިސްލާމް މީޑިއާ ޑިޕާޓްމަންޓް


 

 

 

 

 

 

 

 

 

 

 

 

 

بسم اللَّـهِ الرحمن الرحيم

ނޫރުލްއިސްލާމް

ޖަންބުމާގެ، ސ. ހިތަދޫ

 

ނަންބަރު: NI/IU/2012/001

ނޫރުލްއިސްލާމްގެ 3 ވަނަ އަހަރީ ޤުރުއާން ކިޔެވުމުގެ މުބާރާތާ ބެހޭ

 

ނޫރުލްއިސްލާމްގެ 3 ވަނަ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތް، 1433 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މީލާދީ ސަނަތުން 2012 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 12 އިން 16 އަށެވެ.

ކުރީގެ މުބާރާތްތަކާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ޓީމުތައް ބައިވެރި ކުރުމުގެ ފުރުޞަތު، ޤުރްއާން ކިލާސްތަކާއި ސްކޫލްތަކާއި ޖަމްޢިއްޔާތަކާއި އެހެނިހެން މުއައްސަސާތަކަށް ވަނީ ހުޅުވާލެވިފައެވެ. މިގޮތުން ކޮންމެ ފަރާތަކުން ބައިވެރިކުރެވޭނީ 12 ބައިވެރިންގެ 1 ޓީމެވެ. މުބާރާތުގައި ޓީމްތައް ވާދަކުރާ ގޮތަށް ހަމަޖެހިފައިވީނަމަވެސް، ކުރީ އަހަރުތަކުގެ މުބާރާތްތަކާ އެއްގޮތަށް އަމިއްލަގޮތުން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް ފޯމު ފުރާ ބައިވެރިންގެ ފެންވަރު ބެލުމަށްޓަކައި އައްޑޫސިޓީގެ ކޮންމެ އަވަށެއްގައި އޮޑިޝަން ބޭއްވޭނެއެވެ. މުބާރާތުގައި ކިޔަވާނީ އޮޑިޝަންތަކުގައި ވަކި ވަރަކަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންނެވެ. މުބާރާތުގެ އޮޑިޝަން ބޭއްވޭނީ 1433 ވަނަ އަހަރުގެ ޝަޢުބާން މަހުގެ ތެރޭގައެވެ.

1432 ވަނަ އަހަރު ބޭއްވުނު މި ޖަމްޢިއްޔާގެ ދެވަނަ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ކޮންމެ ގޮތްޕަކުން އެއްވަނަ ޙާޞިލުކުރި ބައިވެރިންނާއި މުޅި މުބާރާތުން ދެގޮފިން ވަނަތައް ޙާޞިލުކުރި ބައިވެރިން އެއްވެސް އޮޑިޝަނަކާއި ނުލައި، ސީދާ މުބާރާތަށް ކޮލިފައި ކުރެވޭނެއެވެ. ޓީމްތަކުން ބައިވެރިވާ ކުދިންނަށްވެސް އޮޑިޝަނެއް ނުބޭއްވޭނެއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު 8 މޭއި 2012 ވާ އަންގާރަ ދުވަހުން ފެށިގެން ފެއާ ޕްރައިސް، ސ.ހިތަދޫ އާއި ކަރަމަތި، ސ.މަރަދޫ އާއި މޯރަލް ބުކްޝޮޕް، ސ. ފޭދޫ އަދި ދޮހާފެށި، ސ.ހުޅުދޫ އިން ލިބެން ހުންނާނެއެވެ.  ފޯމެއްގެ  އަގަކީ   5 ރުފިޔާއެވެ. ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މުބާރާތުގައި ބައިވެރިވާ ފަރާތުގެ  އައިޑީކާޑު  ނުވަތަ  އުފަންދުވަހުގެ  ސެޓްފިކެޓްގެ  ކޮޕީއަކާއެކު، 31 މޭއި 2012 ވާ ބުރާސްފަތި ދުވަހުގެ ކުރިން ޖަމްޢިއްޔާގެ އިދާރާއަށް ނުވަތަ ފޯމް ނެންގެވި ތަނަށް ހުށަހަޅަން ޖެހޭނެއެވެ.

މިއަހަރުގެ މުބާރާތުގެ މުޤައްރަރު ކަނޑައަޅާފައިވަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ބާއްވާ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ މުޤައްރަރާ އެއްގޮތަށެވެ. އަދި ބައިވެރިންގެ ޢުމުރުފުރާ ބަލާނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް ފުރިފައިވާ އަހަރަށެވެ.

މުބާރާތުގައި ބައިވެރިވުމާއި، މުބާރާތަށް އިނާމް ހުށަހެޅުއްވުމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ނޫރުލްއިސްލާމްގެ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ އިންތިޒާމް ކޮމިޓީގެ 7860104 މިނަންބަރު ފޯނަށެވެ. މިމުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު، ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓް www.noorul-islam.org އިން ލިބިވަޑައިގަންނަވާނެއެވެ.

9 ޖުމާދަލްއާޚިރާ 1433

30 އޭޕްރީލް   2012

ނޫރުލްއިސްލާމްގެ އިދާރާ

 


[މިހާތަނަށް މި ޞަފްޙާ ބަލާފައިވަނީ 1156 ފަހަރު]



މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް