ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 ޖަމްޢިއްޔާގެ ޙަރަކާތްތައް  
ނޫރުލްއިސްލާމުގެ ސިލްސިލާ ދަރުސް ޕްރޮގްރާމް

Sunday, December 12, 2010
 : 

ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން އިންތިޒާމުކޮށްގެން އައްޑުއަތޮޅު ހިތަދޫގެ މިސްކިތްތަކުގައި ސިލްސިލާ ދަރުސްތަކެއް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ. 1431 ވަނަ އަހަރުގެ ރަމަޟާން މަހަށްފަހު ފަށައިގެން ކުރިއަށް މިގެންދާ މިޕްރޮގްރާމްގައި  ކޮންމެ ހަފްތާއަކު އެއްފަހަރު ހިތަދޫގެ ކޮންމެވެސް މިސްކިތެއްގައި ދަރުސް ބޭއްވެއެވެ. މި ޕްރޮގްރާމްގައި ދަރުސްދެއްވަނީ ހިތަދޫގެ ޢިލްމުވެރިންގެ އިތުރުން ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިންނެވެ.

މި ޕްރޮގްރާމްގެ 5 ދަރުސަށްފަހު ގިނަ ޢިލްމުވެރިން ރަށުން ބޭރަށާއި ޙައްޖަށް ވަޑައިގަތުމުގެ ސަބަބުން ކުޑަ ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު، މިހިނގާ ޑިސެމްބަރު މަހުގެ 11 ވީ ހޮނިހިރު ދުވަހުގެރޭ މި ޕްރޮގްރާމް އަލުން ފަށާފައިވަނީ ހިތަދޫ މަސްޖިދު ބާބުލްޚައިރުގައި ޢިޝާނަމާދުގެފަހުން،  ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދީ، "މަރުމަތީގެ އަމާންކަމާއި ކަށްވަޅުގެ ސުވާލުތަކަށް ޖަވާބު ދިނުން ފަސޭހަވާނީ ކިހިނެއް؟" މިމައުޟޫޢުގެ މައްޗަށް ދެއްވި 45 މިނިޓްގެ ދަރުސުންނެވެ.

ޕްރޮގްރާމް މެދުކެނޑިފައި ދުވަސްކޮޅަކު އޮތުމުން ބައެއް ބޭފުޅުންގެ އެދިލެއްވުމުގެމަތިން މިހަފްތާގައި އިތުރު ދަރުސެއްވެސް ބޭއްވުނެވެ. 12 ޑިސެމްބަރު ވީ އާދީއްތަދުވަހުގެރޭ ޢިޝާ ނަމާދުގެ ފަހުން ހިތަދޫ މަސްޖިދުލް އިކްރާމުގައި "މާތް ﷲ އަށް ވަކީލުކުރުން" މިމައުޟޫޢަށް ވާހަކަދެއްކެވީ އަލްއުސްތާޛް އަޙްމަދު ނިޒާމެވެ.

މިޕްރޮގްރާމަށް ޢާއްމުންގެ ސަޕޯޓްލިބެމުންދާކަން ފާހަގަކުރެވެއެވެ. އަދި އެކަމަށްޓަކައި ހިތަދޫގެ ޢާއްމު ރައްޔިތުންނަށާއި މި ޕްރޮގްރާމްގައި ދަރުސް ދެއްވާ ދީނީ ޢިލްމުވެރިންނަށް ޖަމްޢިއްޔާގެ ނަމުގައި ޝުކުރު ދަންނަވަމެވެ.


[މިހާތަނަށް މި ޞަފްޙާ ބަލާފައިވަނީ 1112 ފަހަރު]މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް