ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 ޖަމްޢިއްޔާގެ ޙަރަކާތްތައް  
ދެކުނު ޕްރޮވިންސްގައި އައި.އެފް.އެމް އިން ބާއްވާ ދަރުސް ޕްރޮގްރާމްގައި ނޫރުލްއިސްލާމުން އެހީތެރިވާން ނިންމައިފި

Thursday, December 09, 2010
 : 

މި ހިނގާ ޑިސެމްބަރުމަހުގެ 22 ން 26 ށް ދެކުނު ޕްރޮވިންސްގައި، އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް" އިން އިންތިޒާމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ދަރުސް ޕްރޮގްރާމުގެތެރެއިން ހިތަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްގެ ކަންތައް އިންތިޒާމްކުރުމުގައި އެހީތެރިވުމަށް ނޫރުލް އިސްލާމުގެ ހިންގާ ކޮމެޓީން ނިންމައިފިއެވެ.

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އަލްއަޚް އިބްރާހީމް ފައުޒީ މިކަމަށް އެދިވަޑައިގެން، ނޫރުލް އިސްލާމުގެ ސެކްރެޓަރީޖެނެރަލް އަލްއަޚް ޢަލީ ސާލިމް ރަޝީދުއާއި މި ޖަމްޢިއްޔާގެ އެޑްވައިޒަރ ފަޟީލަތުއްޝައިޚް ޙަސަން ލަޠީފް މޫސާއަށް ފޯނުން ގުޅުއްވައި ވާހަކަދެއްކެވުމާއި ގުޅިގެން، ނޮވެމްބަރ 18 ވީ ބުރާސްފަތި ދުވަހުގެ ރޭ މި ޖަމްޢިއްޔާގެ ހިންގާ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުނެވެ.

އައި.އެފް.އެމުން އެދިވަޑައިގަތް ފަދައިން ހިތަދޫގައި ބާއްވާ ދަރުސް އިޝްތިހާރުކުރުމުގެ އެންމެހައި ކަންތައްތަކާއި މި ޙަފްލާ ތައްޔާރުކުރުމުގައި ބައެއް އެހީތެރިކަން ދިނުމަށް ހިންގާ ކޮމެޓީގެ އެންމެހައި މެމްބަރުން އިއްތިފާޤުވެ އެއްބަސް ވެވުނެވެ. އަދި މީގެއިތުރުން ހިތަދޫގައި ބާއްވާ ދަރުސްއަށްފަހު އޮންނަ "ސުވާލަށް ޖަވާބުދިނުމުގެ ޕެނަލް"ގައި މި ރަށުގެ ޢިލްމުވެރިންގެ ތެރެއިން ދެ ބޭފުޅަކު ބައިވެރިވުމަށްވެސް ދަޢުވަތުލިބި، އެކަމުގެ އިންތިޒާމް މިހާރު ހަމަޖެހެމުން އެބަދެއެވެ.

ހިންގާ ކޮމެޓީގެ ގިނަ މެމްބަރުން ޙާޟިރުވި މިޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މި ޖަމްޢިއްޔާގެ ނައިބު ރައީސް އަލްފާޟިލް އިބްރާހީމް ޝަމީލެވެ.

މި ޕްރޮގްރާމްގެ ހުރިހާ ޚަރަދެއްކުރުމަށް ހަމަޖެހިފައިވަނީ އައި.އެފް.އެމުންނެވެ. މިޕްރޮގްރާމުގެ އިންތިޒާމީ ޙަރަކާތްތައް އައި.އެފް.އެމް އާއި ނޫރުލްއިސްލާމް ގުޅިގެން ވަރަށް ބާރަށް ކުރިއަށް އެބަ ދެއެވެ.

 


[މިހާތަނަށް މި ޞަފްޙާ ބަލާފައިވަނީ 994 ފަހަރު]މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް