ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 

» އިޢުލާން / ދެންނެވުން

ޤުރުއާން ކިޔެވުމުގެ މުބާރާތަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމާބެހޭ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1403 ފަހަރު

ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މުބާރާތުގައި ބައިވެރިވާ ފަރާތުގެ އައިޑީކާޑު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީއަކާއެކު، 15 ޖޫން 2011 ވާ ބުދަ ދުވަހުގެ ކުރިން ޖަމްޢިއްޔާގެ އިދާރާއަށް ނުވަތަ ފޯމް ނެންގެވި ތަނަށް ހުށަހަޅަން ޖެހޭނެއެވެ. 15 ޖޫން 2011 ވާ ބުދަ ދުވަހުގެ ފަހުން އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ހިތާމައާއެކު ދެންނެވީމެވެ. މުބާރާތުގައި ބައިވެރިވުމާއި، މުބާރާތަށް އިނާމް ހުށަހެޅުއްވުމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައި މިވާ ނަންބަރުތަކަށް ގުޅުއްވުން އެދެމެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ 2 ވަނަ އަހަރީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި އޮޑިޝަނާ ނުލައި މުބާރާތުގައި ކިޔެވުމަށް ކޮލިފައިވެފައިވާ ބައިވެރިން
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1108 ފަހަރު

ނޫރުލްއިސްލާމްގެ 2ވަނަ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތަށް ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވަނީ ބައިވެރިވުމުގެ ފޯމު ހުށަހަޅާ ދަރިވަރުންނަށް ބޭއްވޭ އޮޑިޝަނުން ވަކިވަރަކަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންނެވެ. އެހެންނަމަވެސް ފާއިތުވި އަހަރުގެ މުބާރާތުގައި މުޅި މުބާރާތުން ވަނަތައް ހޯދި ބައިވެރިންނާއި ގޮފިތަކުން 1 ވަނަތައް ހޯދި ބައިވެރިން އެއްވެސް އޮޑިޝަނަކާ ނުލައި މުބާރާތަށް ކޮލިފައިވާނެކަމަށް ޤަވާޢިދުގައި ބަޔާންކުރެވިފައިވާނެއެވެ. އެހެންކަމުން ފާއިތުވި އަހަރުގެ މުބާރާތުން ވަނަތައް ހޯދައިގެން މިއަހަރުގެ މުބާރާތަށް ކޮލިފައިވެފައިވާ ކުދިންގެ ނަންތައް މިތަނުގައި ޢާއްމުކޮށް އިޢުލާނުކުރީމެވެ.ތަފްޞީލް


ނޫރުލްއިސްލާމްގެ 2 ވަނަ އަހަރީ ޤުރުއާން ކިޔެވުމުގެ މުބާރާތާ ބެހޭ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1255 ފަހަރު

ނޫރުލްއިސްލާމްގެ 2 ވަނަ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތް، 1432 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ބޭއްވޭނީ 2011 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 14 އިން 18 އަށެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މުޅި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ޢާއްމުކޮށް ހުޅުވާލައިގެންނެވެ. މި މުބާރާތުގައި ބައިވެރިވުމަށް ފޯމު ފުރާ ބައިވެރިންގެ ފެންވަރު ބެލުމަށްޓަކައި ކޮންމެ ރަށެއްގައި އޮޑިޝަންތަކެއް ބޭއްވޭނެއެވެ. މުބާރާތުގައި ކިޔަވާނީ އޮޑިޝަންތަކުގައި ވަކި ވަރަކަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންނެވެ. މުބާރާތުގެ އޮޑިޝަން ބޭއްވޭނީ 2011 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ތަފްޞީލް


ނޫރުލްއިސްލާމް އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތް 1431 ގެ ޤަވާޢިދު
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1141 ފަހަރު

ކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ތަޖުވީދުގެ މަގަށް ކިޔެވުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި މިޖަމިއްޔާއާއި އައިއާރު ޤުރްއާން ކިލާސް ގުޅިގެން ބާއްވާ ޤުރްއާން ކިޔެވުމުގެ މުބާރާތެއް، 1431 ވަނަ އަހަރުގެ ރަމަޟާންމަހުގެ 12 އިން 17 އަށް (2010 އޯގަސްޓް 22 އިން 27 އަށް) ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2010 ޖުލައި 31 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ބައިވެރިވާ ފަރާތުގެ އައިޑީކާޑު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީއަކާއެކު ހުށަހެޅުއްވުން އެދެމެވެ. ތަފްޞީލް


ޞަފްޙާ :  < 1  2

 

 

މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް