ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 

» އިޢުލާން / ދެންނެވުން

ހިތަދޫގެ ދެ މިސްކިތެއްގައި ތަރާވީޙް ނަމާދު ކުރުމަށް ނޫރުލްއިސްލާމުން ދެ ހާފިޒަކު ގެނެސްފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 870 ފަހަރު

އައްޑޫސިޓީ ހިތަދޫގެ ދެމިސްކިތެއްގައި އިމާމުވެ ހިފްޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް ދެ ހާފިޒަކު ރާއްޖެއިން ބޭރުން، ނޫރުލްއިސްލާމް ޖަމްޢިއްޔާގެ އިސްނެގުމާއެކު ގެނެސްފިއެވެ. ނޫރުލްއިސްލާމްގެ ފަރާތުން ހާފިޒުން ގެނެސްދީފައިވަނީ ހިތަދޫ ހުކުރުމިސްކިތަށާއި ހިތަދޫ މަސްޖިދު ޛިއްނޫރައިނި އަށެވެ. ހިތަދޫ މަސްޖިދު ޛިއްނޫރައިނި އަށް ގެނެސްފައިވަނީ އިންޑިޔާގެ ހާފިޒެކެވެ. އަދި ހުކުރު މިސްކިތަށް ގެނެވިފައިވަނީ ޕާކިސްތާނުގެ ޢިލްމުވެރިއެއް ކަމަށްވާ ފަޟީލަތުއްޝައިޚް ޢަބްދުއްރަޙްމާން އެވެ. ތަފްޞީލް


ހިތަދޫގައި ދިރިއުޅޭ އެހީއަށް ބޭނުން ޖެހިފައިވާ ފަޤީރު ނިކަމެތި ޢާއިލާތަކުގެ މަޢުލޫމާތު ހޯދުމާބެހޭ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1013 ފަހަރު

ނޫރުލްއިސްލާމް ޖަމްޢިއްޔާއިން އައްޑޫސިޓީ ހިތަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ކާބޯތަކެތީގެ އެހީގެ ޚާއްޞަ ޕްރޮގްރާމެއް ހިންގުމަށްޓަކައި، ކާބޯތަކެއްޗަށް ބޭނުންޖެހިފައިވާ ފަޤީރު ޢާއިލާތައް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިފަދަ ފަރާތްތަކުގެ މަޢުލޫމާތު އެނގޭ ފަރާތްތަކުން، ނޫރުލްއިސްލާމްގެ ނަންބަރު 7676446 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރުން އެދެމެވެ. މިގޮތުން ލިބޭ މަޢުލޫމާތު ކަށަވަރު ކުރުމަށް ޖަމްޢިއްޔާގެ ޚާއްޞަ ވަފްދެއް، އެ ޢާއިލާތަކަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިފަދަ ފަރާތްތަކުގެ މަޢުލޫމާތަކީ ޖަމްޢިއްޔާގެ ސިއްރެކެވެ. އެއްވެސް އެހެން ފަރާތަކާ އެމަޢުލޫމާތު ޙިއްސާ ނުކުރެވޭނެއެވެ. އެހީއަށް ބޭނުން ޖެހިފައިވާ ފަޤީރު ޢާއިލާތަކުގެ މަޢުލޫމާތު ނޫރުލްއިސްލާމާ ޙިއްސާ ކުރުމުގެ ފުރުޞަތު 2014 އޭޕްރީލް 20 އާ ހަމައަށް ހުޅުވާލެވިފައިވެއެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ 4 ވަނަ އަހަރީ ޤުރުއާން ކިޔެވުމުގެ މުބާރާތާ ބެހޭ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1252 ފަހަރު

ނޫރުލްއިސްލާމްގެ 4 ވަނަ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތް، މިއަހަރުގެ އޯގަސްޓް މަހުގެ 17 އިން 22 އަށް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު 27 ޖޫން 2013 ވާ ބުރާސްފަތި ދުވަހުން ފެށިގެން ހިތަދޫ ސައިޑްބިޒް ފިހާރައިންނާއި މަރަދޫ ކަރަމަތި ފިހާރައިންނާއި މީދޫ އިޒްދިހާރު ސްޓޯރ އިން ލިބެން ހުންނާނެއެވެ. ފޯމެއްގެ އަގަކީ 5 ރުފިޔާއެވެ. ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މުބާރާތުގައި ބައިވެރިވާ ފަރާތުގެ އައިޑީކާޑު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީއަކާއެކު، 27 ޖުލައި 2013 ވާ ހޮނިހިރު ދުވަހުގެ ހަވީރު 6:00 ގެ ކުރިން ޖަމްޢިއްޔާގެ އިދާރާއަށް ނުވަތަ ފޯމް ނެންގެވި ތަނަށް ހުށަހަޅަން ވާނެއެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ ހިންގާ ކޮމިޓީ - (ދެވަނަ ދައުރު)
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1196 ފަހަރު

7 ޑިސެމްބަރ 2012 ވީ ހުކުރު ދުވަހުގެ ރޭ ބޭއްވުނު ނޫރުލްއިސްލާމްގެ އަހަރީ ޢާއްމު ޖަލްސާ ގައި، 7 ޑިސެމްބަރ 2012 އިން ފެށިގެން 2 އަހަރު ދުވަހަށް އިންތިޚާބު ކުރެވުނު ހިންގާ ކޮމިޓީ.ތަފްޞީލް


ނޫރުލްއިސްލާމްގެ ހިންގާ ކޮމިޓީގެ މަޤާމްތަކަށް ކުރިމަތި ލުމާބެހޭ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1165 ފަހަރު

ނޫރުލްއިސްލާމްގެ އަހަރީ ޢާއްމު ޖަލްސާ، 2012 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 7 ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ކުރިއަށް އޮތް ދައުރަށް ނޫރުލްއިސްލާމްގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ ނޫރުލްއިސްލާމްގެ ހިންގާ ކޮމިޓީގެ މަޤާމްތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، މަޤާމަށް ކުރިމަތި ލުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 6 ޑިސެމްބަރ 2012 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޖަމްޢިއްޔާގެ އިދާރާއަށް ނުވަތަ ހިތަދޫ ސައިޑް ބިޒް ޓްރޭޑާސްއަށް ހުށަހެޅުން އެދެމެވެ. މަޤާމަށް ކުރިމަތިލުމަށް އެދޭފޯމު، ޖަމްޢިއްޔާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ ޢަރަބި ބަސް ދަސްކޮށްދޭ ކޯހާ ބެހޭ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1675 ފަހަރު

އިސްލާމްދީން އުނގެނިގަތުމަށްޓަކައި އެންމެ މުހިއްމު އެއްކަމަކީ، ޢަރަބި ބަސް އުނގެނިގަތުން ކަމަށްވާތީއާއި، އިސްލާމީ ތަޢުލީމު މީސްތަކުންގެ މެދުގައި ފެތުރުމަކީ ނޫރުލްއިސްލާމް އުފެއްދުމުގެ މަޤްޞަދު ތަކުގެ ތެރެއިން މުހިއްމު މަޤްޞަދެއް ކަމުގައި ވާތީ، މި ޖަމްޢިއްޔާގެ ފަރާތުން ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ޢަރަބި ބަހުގެ ކޯހެއް ހިންގުމަށް ނިންމައިފީމެވެ. ކޮންމެ ހަފްތާއަކު ތިންރޭ ކިޔަވައި ދެވޭ ގޮތަށް ކުރިއަށް ގެންދާ މިކޯހުގައި ކިޔަވައި ދެއްވާނީ ޢަރަބި ބަހާއި އިސްލާމީ ތަޢުލީމުން ފުރަތަމަ ޑިގްރީ ޙާޞިލު ކުރައްވާފައިވާ ބޭފުޅުންނެވެ. މިކޯސް ހިންގުމަށް ޤަޞްދު ކުރެވިފައިވަނީ، 4 ސެމެސްޓަރ އަކަށް ބަހާލައިގެންނެވެ.ތަފްޞީލް


ނޫރުލްއިސްލާމްގެ 3 ވަނަ އަހަރީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1222 ފަހަރު

ނަންބަރު: NI/IU/2012/002 ----1433 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ބޭއްވުމަށް އިޢުލާން ކުރެވިފައިވާ، ނޫރުލްއިސްލާމްގެ 3 ވަނަ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުމުގެ މުއްދަތު، 14 ޖޫން 2012 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރު ކުރުމަށް މިޖަމްޢިއްޔާއިން ނިންމައިފީމެވެ. 14 ޖޫން 2012 ވާ ބުރާސްފަތި ދުވަހުގެ ފަހުން އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ހިތާމައާއެކު ދެންނެވީމެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ 3 ވަނަ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި އޮޑިޝަނަކާ ނުލައި ކިޔެވުމުގެ ފުރުޞަތު ދެވޭނެ ބައިވެރިން
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1237 ފަހަރު

ތިރީގައި މިވަނީ ނޫރުލްއިސްލާމްގެ 2 ވަނަ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ އެކި ޢުމުރު ފުރާތަކުން އެއްވަނަތައް ޙާޞިލު ކުރި ބައިވެރިންނާއި، މުޅި މުބާރާތުން ވަނަތައް ޙާޞިލު ކުރި ބައިވެރިންގެ ނަންތަކެވެ. މި ބައިވެރިންނަށް 1433 ވަނަ އަހަރުގެ ރަމަޟާންމަހުގައި ބޭއްވޭ 3 ވަނަ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި އެއްވެސް އޮޑިޝަނަކާ ނުލައި، ކިޔެވުމުގެ ފުރުޞަތު ދެވޭނެއެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ 3 ވަނަ އަހަރީ ޤުރުއާން ކިޔެވުމުގެ މުބާރާތާ ބެހޭ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1500 ފަހަރު

ނަންބަރު: NI/IU/2012/001 ٭ ނޫރުލްއިސްލާމްގެ 3 ވަނަ އަހަރީ ޤުރުއާން ކިޔެވުމުގެ މުބާރާތާ ބެހޭ ٭ ނޫރުލްއިސްލާމްގެ 3 ވަނަ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތް، 1433 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މީލާދީ ސަނަތުން 2012 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 12 އިން 16 އަށެވެ. ކުރީގެ މުބާރާތްތަކާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ޓީމުތައް ....ތަފްޞީލް


މުބާރާތުގައި ކިޔެވުން ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1250 ފަހަރު

ތާރީޚް: 16 އޯގަސްޓް 2011 (އާދީއްތަ) ތަން: އައްޑޫ ހައި ސްކޫލް ފުރަތަމަ ދަންފަޅި ހެނދުނު 8:45 އިން 11:45 އަށް ދެވަނަ ދަންފަޅި މެންދުރު 13:00 އިން 15:00 އަށް ތަފްޞީލް


ޞަފްޙާ :   1 2 > 

 

 

މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް