ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 

» ޖަމްޢިއްޔާގެ ޙަރަކާތްތައް

ނޫރުލްއިސްލާމްގެ ދެވަނަ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1024 ފަހަރު

މިއީ ނޫރުލްއިސްލާމްގެ 2 ވަނަ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި އެކި އެކި ގޮފިތަކުން ވަނަ ހޯދާފައިވާ ބައިވެރިންނާއި އެބައިވެރިން ހޯދާފައިވާ ވަނަ ތަކެވެ. ނޫރުލްއިސްލާމްގެ ހިންގާ ކޮމިޓީއާއި މެންބަރުންނާއި މި ޤުރްއާން މުބާރާތުގައި ބައިވެރިވި ހުރިހައި ފަރާތްތަކާއި މުބާރާތަށް އެހީތެރިވެ ވަޑައިގެންނެވި ފަރާތްތަކުގެ ނަމުގައި މަރުހަބާ ދަންނަވަމެވެ.ތަފްޞީލް


ނޫރުލްއިސްލާމްގެ ދެވަނަ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ހުޅުމީދޫގެ ބައިވެރިން މުބާރާތުގައި ކިޔެވުން ކުރިއަށް ދަނީ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1182 ފަހަރު

ނޫރުލްއިސްލާމްގެ ދެވަނަ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވި ހުޅުމީދޫގެ ކުދިންގެ ކިޔެވުން މިއަދު ހުޅުމީދޫ އަތޮޅުމަދުރަސާގައި ކުރިއަށް އެބަދެއެވެ. މިއަދު ހެނދުނު 9:00 ގައި ފެށުނު ދަންފަޅީގެ ކިޔެވުން ކުރިއަށް ދާނީ، މެންދުރު 12 އާ ހަމައަށެވެ. އޭގެފަހުގައި މެންދުރު ދަންފަޅީގެ ކިޔެވުން 13:00 އިން 15:00 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ތަފްޞީލް


ނޫރުލްއިސްލާމުގެ ސިލްސިލާ ދަރުސް ޕްރޮގްރާމް
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1252 ފަހަރު

ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން އިންތިޒާމުކޮށްގެން އައްޑުއަތޮޅު ހިތަދޫގެ މިސްކިތްތަކުގައި ސިލްސިލާ ދަރުސްތަކެއް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ. 1431 ވަނަ އަހަރުގެ ރަމަޟާން މަހަށްފަހު ފަށައިގެން ކުރިއަށް މިގެންދާ މިޕްރޮގްރާމްގައި ކޮންމެ ހަފްތާއަކު އެއްފަހަރު ހިތަދޫގެ ކޮންމެވެސް މިސްކިތެއްގައި ދަރުސް ބޭއްވެއެވެ. މި ޕްރޮގްރާމްގައި ދަރުސްދެއްވަނީ ހިތަދޫގެ ޢިލްމުވެރިންގެ އިތުރުން ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިންނެވެ. ތަފްޞީލް


ދެކުނު ޕްރޮވިންސްގައި އައި.އެފް.އެމް އިން ބާއްވާ ދަރުސް ޕްރޮގްރާމްގައި ނޫރުލްއިސްލާމުން އެހީތެރިވާން ނިންމައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1135 ފަހަރު

މި ހިނގާ ޑިސެމްބަރުމަހުގެ 22 ން 26 ށް ދެކުނު ޕްރޮވިންސްގައި، އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް" އިން އިންތިޒާމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ދަރުސް ޕްރޮގްރާމުގެތެރެއިން ހިތަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްގެ ކަންތައް އިންތިޒާމްކުރުމުގައި އެހީތެރިވުމަށް ނޫރުލް އިސްލާމުގެ ހިންގާ ކޮމެޓީން ނިންމައިފިއެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ބާއްވައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1164 ފަހަރު

އޯގަސްޓް 22 ވީ އާދީއްތަ ދުވަހު ފެށި ނޫރުލްއިސްލާމްގެ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތް 1431ގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ބާއްވައިފިއެވެ. މި ޖަލްސާ އޮތީ އޯގަސްޓް މަހުގެ 26 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 8:45 ގައި ސ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ. ޖަލްސާގެ ޝަރަފްވެރި މެހުމާނާއި އެހެނިހެން ޢިއްޒަތްތެރިންނަށް ސ. އަތޮޅު ތަޢުލީމީ މަރުކަޒުން މަރުޙަބާ ދެންނެވީ، ނޫރުލްއިސްލާމްގެ ރައީސް މުޙައްމަދު އަނީލާއި ނޫރުލްއިސްލާމްގެ ޚާއްޞަ އެޑްވައިޒަރ ފަޟީލަތުއްޝައިޚް ޙަސަން ލަޠީފް މޫސާއާއި މުބާރާތުގެ ކޯޑިނޭޓަރ އަލްޙާފިޡް ޙުސައިން ޢަލީއެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1164 ފަހަރު

އޯގަސްޓް 22 ވީ އާދީއްތަ ދުވަހު ފެށި ނޫރުލްއިސްލާމްގެ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތް 1431ގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުން އެދި ނޫރުލްއިސްލާމްގެ ފަރާތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒަށް ފޮނުވި ދައުވަތު ޤަބޫލުކުރައްވައި އެމަނިކުފާނު ޖަލްސާއަށް ވަޑައިގަންނަވާނެކަން މިނިސްޓްރީއިން އަންގަވައިފިއެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ކިޔެވުން ކުރިއަށް އެބަދޭ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1219 ފަހަރު

އޯގަސްޓް 22 ވީ އާދީއްތަ ދުވަހު ފެށި ނޫރުލްއިސްލާމްގެ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތް 1431ގެ ކިޔެވުން ކުރިއަށް އެބަ ދެއެވެ. ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ފެށިގެން މެންދުރު ނަމާދު ވަގުތާ ހަމައަށް ކުރިއަށް ގެންދާ މި މުބާރާތުގެ ކިޔެވުން ތާވަލު ކުރެވިފައިވާ ގޮތަށް ބުދަދުވަހާ ހަމައަށް އޮންނާނެއެވެ. މުބާރާތުގެ ކިޔެވުން ކުރިއަށް ދާއިރު މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތް 1431 ފަށައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1162 ފަހަރު

ނޫރުލްއިސްލާމްގެ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތް 1431 ފެށިއްޖެއެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮތީ ސ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިދްރީސް ޙުސައިން އެވެ. އެމަނިކުފާނު ވަނީ މި ބައްދަލުވުމުގައި ބައިވެރިވި ދަރިވަރުންނާއި ބެލެނިވެރިންނާ މުޚާޠަބު ކުރައްވައި އަސަރުގަދަ ތަޤްރީރެއް ކުރައްވާފައެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި 245 ދަރިވަރުން ބައިވެރިވެއްޖެ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1031 ފަހަރު

ނޫރުލްއިސްލާމް އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތް ރަމަޟާން 1431 ގައި ބައިވެރިވުމުގެ ފޯމް ބަލައިގަތުމުގެ މުއްދަތު ހަމަވި އިރު، މުބާރާތުގައި 245 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މިއީ ނޫރުލްއިސްލާމް ޓީމުން އުއްމީދު ކުރިވަރަށްވުރެ ގިނަ ޢަދަދެއްކަން އުފަލާއެކު ފާހަގަ ކުރަމެވެ. މިއަހަރު ހަމައެކަނި އައްޑު އަތޮޅު ހިތަދޫ އަށް ބޮޑަށް ހުޅުވާލައިގެން ބޭއްވި ކަމުގައި ވިޔަސް، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ މުބާރާތް ބާއްވާނީ މުޅި އަތޮޅަށް ހުޅުވާލައިގެން ކަމުގައިވެސް ދަންނަވަމެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ އަހަރީ ޤުރްއާން މުބާރާތުގެ ޤަވާޢިދާއި ފޯމް ދޫކުރަން ފަށައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1082 ފަހަރު

ނޫރުލްއިސްލާމްގެ ފަރާތުން 1431 ވަނަ އަހަރުގެ ރަމަޟާންމަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ފޯމާއި ޤަވާޢިދު ދޫކުރަން މިއަދު ފަށައިފިއެވެ.ފޯމާއި ޤަވާޢިދު ދޫކުރަން ފަށާފައިވާއިރު މިފޯމާއި ޤަވާޢިދު ލިބިވަޑައިގަންނަވާނީ ސ.ހިތަދޫ ނިޔު ކިޔުރިއޯ ޕްލާޒާއިންނެވެ. އަދި ސ. އަތޮޅު ތަޢުލީމީ މަރުކަޒާއި ހިތަދޫ ސްކޫލުން އެސްކޫލްތަކުގެ ދަރިވަރުންނަށް ފޯމް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވެއެވެ. އަދި އައިއާރު ޤުރްއާން ކިލާހާއި ބައެއް އަމިއްލަ ޤުރްއާން ކިލާސްތަކުންވެސް ފޯމްދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވެއެވެ. ތަފްޞީލް


ޞަފްޙާ :  < 1 2 3 4  5 6 > 

 

 

މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް