ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 

» ޖަމްޢިއްޔާގެ ޙަރަކާތްތައް

ނޫރުލްއިސްލާމާއި ސީއެމްޑީއޭ ގުޅިގެން އިސްލާމިކް ފައިނޭންސާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމަށް އައްޑޫގައި ހިންގާ ޕްރޮގްރާމް
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 776 ފަހަރު

އިސްލާމިކް ފައިނޭންސާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ނޫރުލްއިސްލާމް ޖަމްޢިއްޔާއާއި ކެޕިޓަލް މާރކެޓް އޮތޯރިޓީ އޮފް މޯލްޑިވްސް އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ހިންގާ ޚާއްޞަ ޕްރޮގްރާމެއް، މާޗް 8 9 މި ދެދުވަހު އައްޑޫސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޢާއްމުންނަށް ހުޅުވާލައިގެން ބޭއްވޭ ޕަބްލިކް ލެކްޗާރ އެއް 8 މާޗް 2013 ވާ ހުކުރު ދުވަހުގެރޭ 8:45 ގައި ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ، ﷲ އިރާދަ ކުރެއްވިއްޔާ، ބޭއްވޭނެއެވެ. މި ޖަލްސާގައި މައުޟޫޢާ ގުޅޭގޮތުން ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ވަނީ ހަމަޖެހިފައެވެ.ތަފްޞީލް


ނޫރުލްއިސްލާމްގެ ފަރާތުން ހިތަދޫގައި ހަފްތާ ދަރުސްތައް އިންތިޒާމު ކުރަނީ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 878 ފަހަރު

ހިތަދޫގެ މިސްކިތްތަކުގައި ނޫރުލްއިސްލާމްގެ ފަރާތުން އިންތިޒާމުކުރާ ދަރުސްތަކެއް، ފަށައިފިއެވެ. ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ހުކުރު ހޮނިހިރު، މި ތިން ދުވަހުގެ ރޭ، ޢިޝާ ނަމާދަށްފަހު ހިތަދޫގެ މިސްކިތްތަކުގައި މައުޟޫޢު ކަނޑައަޅައިގެން ބާއްވާ މި ދަރުސްތައް ފަށާފައިވަނީ މިމަހުގެ 20 ވީ ބުރާސްފަތި ދުވަހުގެ ރޭގައެވެ. ހިތަދޫ އިދާރީ ތިންދާއިރާގެ ތެރެއިން ކޮންމެ ދާއިރާއެއްގައި ހަފްތާއަކު އެއް ދަރުސް އޮންނަ ގޮތަށް ޝެޑިއުލް ކުރެވިގެން ކުރިއަށްދާ މި ދަރުސް ޕްރޮގްރާމްގައި ހިތަދޫގެ ޝޭޚުންގެ ތެރެއިން މިވަގުތު ރަށުގައި ތިއްބެވި ގިނަ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވައެވެ.ތަފްޞީލް


ނޫރުލްއިސްލާމްގެ ޢިލްމީ ދަރުސް ސިލްސިލާގެ ދެވަނަ ޕްރޮގްރާމް ޑިސެމްބަރ 17 އިން 31 އަށް
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 823 ފަހަރު

އައްޑޫގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމްދީނުގެ ޞައްޙަ ތަޢުލީމު ފެތުރުމުގެ ގޮތުން މި ޖަމްޢިއްޔާގެ ފަރާތުން ހިންގާ ޢިލްމީ ދަރުސް ސިލްސިލާގެ ދެވަނަ ބައި، މިމަހުގެ 17 އިން 31 އަށް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވެއެވެ. މިގޮތުން މި ސިލްސިލާގައި މިފަހަރު ކުރިއަށް ގެންދެވޭނީ ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ޝަރަޙަ އާއި ކީރިތި ޤުރްއާނުގެ ތަފްސީރުގެ ބައެވެ. ތަފްޞީލް


ނޫރުލްއިސްލާމްގައި ޢިލްމުވެރިންގެ މަޖިލީހެއް އުފައްދައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 842 ފަހަރު

7 ޑިސެމްބަރ 2012 ވީ ހުކުރު ދުވަހުގެރޭ ބޭއްވުނު ނޫރުލްއިސްލާމްގެ އަހަރީ ޢާއްމު ޖަލްސާގައި، ޖަމްޢިއްޔާގެ ހިންގާ ޤަވާޢިދަށް ގެނެވުނު އިޞްލާޙެއްގެ ދަށުން، ނޫރުލްއިސްލާމްގައި މުސްތަޤިއްލު ޢިލްމުވެރިންގެ މަޖިލީހެއް ޤާއިމުކޮށްފިއެވެ. ޖަމްޢިއްޔާގެ ފުރަތަމަ ޢިލްމުވެރިންގެ މަޖިލީހަށް ހިންގާ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް ޢައްޔަން ކުރެވޭ މެންބަރުންގެ ނަންތައް، އިޢުލާންކޮށްދެއްވީ ޖަމްޢިއްޔާގެ ނާއިބުރައީސް އަލްފާޟިލް މުޙައްމަދު ނިހާދު ޖަމާލު އެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ އަހަރީ ޢާއްމު ޖަލްސާ ބާއްވައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 767 ފަހަރު

ނޫރުލްއިސްލާމްގެ އަހަރީ ޢާއްމު ޖަލްސާ ރޭ ( 7 ޑިސެމްބަރ 2012 ވީ ހުކުރު ދުވަހުގެރޭ) ހިތަދޫ ޝަރަފުއްދީން ސްކޫލްގެ (ޕްރައިމަރީ ވިންގުގެ) ހޯލުގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ނޫރުލްއިސްލާމްގެ ހިންގާ ޤަވާޢިދަށް ހުށަހެޅިފައިވާ އިޞްލާޙުތަކަށް ވޯޓަށް އަހައި ފާސްކުރުން އޮތެވެ. މިގޮތުން ޖަމްޢިއްޔާގައި ޢިލްމުވެރިންގެ މަޖިލީހެއް އުފެއްދުމަށާއި އަންހެނުންގެ ގޮތްޕެއް އުފެއްދުމަށް ފާސްވެފައިވެއެވެ. އަދި ޢިލްމުވެރިންގެ މަޖިލީހަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށް ޤަވާޢިދުގައި ކަނޑަ އެޅިފައިވެއެވެ. ތަފްޞީލް


އުޞޫލުއްޘަލާޘާގެ ޝަރަޙަ ހިތަދޫ މަސްޖިދު ޛިއްނޫރައިނިގައި ނިންމައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 568 ފަހަރު

އަލްއިމާމް މުޙައްމަދު ބުނު ޢަބްދުލް ވައްހާބް ރަޙިމަހުﷲ ލިޔުއްވާފައިވާ އަލްއުޞޫލުއްޘަލާޘާ (ތިން އަޞްލު) މިފޮތުގެ ޝަރަޙަ، ހިތަދޫ މަސްޖިދު ޛިއްނޫރައިނިގައި ބާއްވައި ނިންމައިފިއެވެ. ސިލްސިލާ ދަރުސްތަކެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ދަރުސްތައް ކުރިއަށް ގެންދެވީ ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ރައީސް އައްޝައިޚް މުޙައްމަދު އަނީލް އެވެ. ކޮންމެ ދުވަހަކު ޢަޞްރު ނަމާދަށް ފަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް، ފަށާފައިވަނީ 2012 ނޮވެމްބަރ މަހުގެ 18 ގައެވެ. ނިންމާލެވިފައިވަނީ ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހުގައެވެ. ތަފްޞީލް


ޙައްޖު ފޯރަމް 1433 އައްޑޫ ސިޓީގައި ބާއްވައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 892 ފަހަރު

ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން އިންތިޒާމުކުރި ޙައްޖު ފޯރަމް މިއަދު (22 ސެޕްޓެމްބަރ 2012 ވީ ހޮނިހިރު ދުވަހު) ހެނދުނު 9:00 އިން މެންދުރު 12:15 އަށް ހިތަދޫގައި ބާއްވައިފިއެވެ، ހިތަދޫ ޝަރަފުއްދީން ސްކޫލްގެ މީޓިންގ ރޫމްގައި ޕްރެޒެންޓޭޝަން ތަކާއެކު ބޭއްވުނު މި ފޯރަމްގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވީ، ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ރައީސް އައްޝައިޚް މުޙައްމަދު އަނީލްއާއި އައްޝައިޚް ޢަބްދުﷲ ޞިއްދީޤާއި، އައްޝައިޚް މުޙައްމަދު ޢަފީފެވެ. ތަފްޞީލް


ޙައްޖު ފޯރަމް 1433 ބޭއްވުމަށް ހަމަޖެހިފައިވަނީ 22 ސެޕްޓެމްބަރ 2012 ވާ ހޮނިހިރުގައި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 753 ފަހަރު

ޙައްޖުފޯރަމް 1433 ގެ ނަމުގައި ނޫރުލްއިސްލާމުން އިންތިޒާމް ކޮށްގެން ޖަމްޢިއްޔަތުލްމުވައްހިދީނާ ގުޅިގެން ބާއްވާ ޚާއްޞަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ، 22 ސެޕްޓެމްބަރ 2012 ވާ ހޮނިހިރު ދުވަހުގައެވެ. ފޯރަމްގައި ބައިވެރިވުމަށް ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކަށް ގުޅައި، ހާޒިރުވާންޖެހޭ ތަނާއި ގަޑި އެންގޭނެކަމަށް ފޯރަމްގެ އިންތިޒާމް ކޮމެޓީން ވިދާޅުވެއެވެ.ތަފްޞީލް


ޙައްޖު ފޯރަމް 1433 - މިނަމުގައި ޙައްޖުވެރިންނަށް މައުލޫމާތު ދިނުމަށް ޚާއްޞަ ފޯރަމެއް ބާއްވަނީ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 738 ފަހަރު

ނޫރުލްއިސްލާމްގެ ފަރާތުން އިންތިޒާމްކޮށްގެން، މަރަދޫފޭދޫ ޖަމްޢިއްޔަތުލް މުވައްޙިދީނާ ގުޅިގެން، މިއަހަރު އައްޑޫސިޓީން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްޞަކޮށް އެއްދުވަހުގެ ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްގައި މައުލޫމާތު ދެއްވާނީ، ފާއިތުވި އަހަރުތަކުގައި ދިވެހި ޙައްޖުވެރިންނާއި ޙައްޖު ގުތޫޕްތަކަށް އެހީތެރިވުމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވެ ވަޑައިގެންނެވި ތަޖުރިބާކާރު ބޭފުޅުންނެވެ.ތަފްޞީލް


ނޫރުލްއިސްލާމްގެ 3 ވަނަ އަހަރީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ޤަވާޢިދު
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 942 ފަހަރު

ނޫރުލްއިސްލާމްގެ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތަކީ ނޫރުލްއިސްލާމް ޖަމްޢިއްޔާއިން އިންތިޒާމުކޮށްގެން، 1431 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރަމަޟާންމަހު އައްޑޫސިޓީގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތް ބާއްވާނީ އައްޑޫސިޓީގެ ހިތަދޫ އަވަށުގައެވެ. މުބާރާތް ރާވާ ހިންގާނީ، ނޫރުލްއިސްލާމްގެ ޤުރްއާން ކިޔެވުމުގެ އަހަރީ މުބާރާތުގެ އިންތިޒާމް ކޮމިޓީގެ ލަފަޔާއި އިރުޝާދުގެ މަތިން ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ހިންގާ ކޮމިޓީންނެވެ. ތަފްޞީލް


ޞަފްޙާ :  < 1 2 3  4 5 6 > 

 

 

މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް