ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 

» ޖަމްޢިއްޔާގެ ޙަރަކާތްތައް

އިސްލާމީ ހިދާޔަތުގެ އަލީގައި ދަރިން ތަރުބިއްޔަތު ކުރުން މި ނަމުގައި ފޭދޫ އަންހެން ކަނބަލުންނާއި ނޫރުލްއިސްލާމް ގުޅިގެން ބާއްވާ ޚާއްޞަ ޕްރެޒެންޓޭޝަނެއް
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 646 ފަހަރު

ފޭދޫގެ އަންހެން ކަނބަލުންގެ އިސްނެންގެވުމާއެކު، ނޫރުލްއިސްލާމް ޖަމްޢިއްޔާއާއި ގުޅިގެން ބާއްވާ ޚާއްޞަ ޕްރެޒެންޓޭޝަނެއް، މިރޭ (23 ޑިސެމްބަރ 2013 ހޯމަ ދުވަހުގެރޭ) ފޭދޫ ސްކޫލްގައި ބާއްވާ ގޮތަށް ހަމަޖެހިފައި ވެއެވެ. މި ޕްރެޒެންޓޭޝަން ހުށަހަޅުއްވައި ދެއްވާނީ، ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޚް ޙަސަން ލަޠީފް މޫސާއެވެ. ފަޟީލަތުއްޝައިޚް ޙަސަން ލަޠީފް މޫސާ އަކީ، ތަރުބިއްޔަތުގެ މައިދާނުގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.ތަފްޞީލް


ނޫރުލް އިސްލާމް ޖަމްޢިއްޔާ އޮފީސް ރަސްމީކޮށް ހުޅުވައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 681 ފަހަރު

އައްޑޫ ސިޓީ ހިތަދޫގައި ޙަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ނޫރުލް އިސްލާމް ޖަމްޢިއްޔާގެ އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ. 20 ޑިސެމްބަރ 2013 ވީ ހުކުރު ދުވަހުގެރޭ ނޫރުލް އިސްލާމް ޖަމްޢިއްޔާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ނޫރުލް އިސްލާމް ޖަމްޢިއްޔާގެ ރައީސް އައްޝައިޚް މުޙައްމަދު ޢަނީލްގެ އިތުރުން އެ ޖަމްޢިއްޔާގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިޚް ޙަޞަން ލަޠީފް މޫސާ އާއި ޢިލްމުވެރީންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް ރޫޙުލް އަމީން ތަޤުރީރު ކުރައްވާފައިވެއެވެ. ތަފްޞީލް


މިސްކިތްތަކާއި އިމާމުން އިސްލާމިކް މިނިސްޓްރީގެ ދަށަށް ގެންދެވުން އެދި ނޫރުލްއިސްލާމުން ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއަކުން ދަންނަވައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 672 ފަހަރު

މިސްކިތްތަކާއި އިމާމުން ލޯކަލް ކައުންސިލްތަކުގެ ދަށަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ގެންދިޔުމަށްފަހު މިސްކިތްތައް ވީރާނާވެ، އިމާމުންނާއި މުދިމުންނާމެދު އިހާނެތިކޮށް ކަންތައް ކުރެވެމުންދާތީ، މިސްކިތްތަކާއި އިމާމުން، ކައުންސިލްތަކުގެ ދަށުން މިނިވަންކުރެއްވުން އެދި، ނޫރުލްއިސްލާމްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދަންނަވައިފިއެވެ. ނޮވެމްބަރު 20 ވަނަ ދުވަހު، ނޫރުލްއިސްލާމްގެ ރައީސް އައްޝައިޚް މުޙައްމަދު އަނީލް ސޮއި ކުރައްވައި ފޮނުއްވާފައިވާ ސިޓީގައި .......ތަފްޞީލް


ނޫރުލްއިސްލާމްގެ ފަރާތުން ޙުސައިންރަހާ ޕްރީ ސްކޫލްގެ ދަރިވަރުންނަށް ހަދިޔާ ދީފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 669 ފަހަރު

ނޫރުލްއިސްލާމްގެ ފަރާތުން ހިތަދޫގައި ހިންގާ ޕްރީ ސްކޫލެއް ކަމަށްވާ ޙުސައިންރަހާ ޕްރީ ސްކޫލްގެ ދަރިވަރުންނަށް ހަދިޔާ ދީފިއެވެ. މިއަހަރުގެ ދެވަނަ ޓާމްގެ ރިޕޯޓް ފޯމް ދިނުމާ ދިމާކޮށް ނޫރުލްއިސްލާމްގެ ފަރާތުންވަނީ، ކުޑަ ހަދިޔާއެއް، ދިނުމަށް ސްކޫލާ ޙަވާލުކޮށްފައެވެ. ނޫރުލްއިސްލާމްގެ ފަރާތުން، މިތަކެތި ސްކޫލްގެ ވެރިންނާ ޙަވާލުކޮށްދެއްވީ ނޫރުލްއިސްލާމްގެ ރައީސް އައްޝައިޚް މުޙައްމަދު އަނީލްއެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ ފަރާތުން ފަޟީލަތުއްޝައިޚް އާދަމް ނިޝާންގެ ދަރުސެއް ސްކައިޕް ވީޑިއޯ ކޯލް މެދުވެރިކޮށް ބާއްވަނީ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 692 ފަހަރު

ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން އިންތިޒާމް ކުރާ ޚާއްޞަ ދަރުސެއް، "ޞައްޙަ ޢަޤީދާ އަދި މަންހަޖަކީ ކޮބާ؟" މި މައުޟޫޢަށް ބޭއްވުމަށް ހަމަޖައްސައިފީމެވެ. ސްކައިޕް ވީޑިއޯ ކޯލް މެދުވެރިކޮށް ހަމަޖައްސާ މި ދަރުސް ދެއްވާނީ، މެލޭޝިޔާގައި މިވަގުތު ހުންނެވި، ފަޟީލަތުއްޝައިޚް އާދަމް ނިޝާން އެވެ. ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ 7 ނޮވެމްބަރ 2013 ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި ހިތަދޫ ޝަރަފުއްދީން ސްކޫލްގެ އޭވީއޭ ރޫމްގައެވެ. މި ދަރުސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވީހާވެސް ގިނަ ބޭފުޅުން ގަޑިއަށް ވަޑައިގެން ދެއްވުމަކީ ނޫރުލްއިސްލާމްގެ އެދުމެކެވެ. ތަފްޞީލް


ނޫރުލްއިސްލާމް ޖަމްޢިއްޔާއަށް އެހީވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 707 ފަހަރު

ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން ހިންގާ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ އެކިއެކި ޕްރޮގްރާމްތަކަށް އެހީ ދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޖަމްޢިއްޔާއިން މިއަދު ތަޢާރަފްކުރި ފޯމް މެދުވެރިކޮށް، މި ކަމަށް ރަޖިސްޓްރީ ވެވޭނެ އެވެ. މިފޯމް ޕްރިންޓް ކުރައްވައި ފުރިހަމަ ކުރެއްވުމަށްފަހު، ނޫރުލްއިސްލާމްގެ އިދާރާ ، ސ. ހިތަދޫ ޖަންބުމާގެ އަށް، ނުވަތަ ފުރިހަމަ ކުރައްވައި ސްކޭން ކުރެއްވުމަށްފަހު ޖަމްޢިއްޔާގެ އީމެއިލް އަށް ފޮނުއްވުން އެދެމެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ ޢީދު ސައި ބާއްވައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 653 ފަހަރު

މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން ޢީދު ސައި ބާއްވައިފިއެވެ. ޢީދު ސައި ބާއްވާފައިވަނީ، ހިތަދޫ މަސްޖިދުލް އިކްރާމްގައެވެ. ހެނދުނު 9:00 ގައި މަސްޖިދުލް އިކްރާމްގައި ބޭއްވުނު، މި ބައްދަލުވުމުގައި ނޫރުލްއިސްލާމްގެ އިސްވެރިންނާއި، ނޫރުލްއިސްލާމްގެ ގިނަ ޢަދަދެއްގެ ޢާއްމު މެންބަރުންނާއި، ދީނީ ޢިލްމުވެރިން ބައިވެރިވެފައިވެއެވެ. ނޫރުލްއިސްލާމްގެ ފަރާތުން، ހިތަދޫ ޒޯން ސްޓޭޑިއަމްގައި ބާއްވަން މަސައްކަތްކުރި، ބޮޑު ޢީދުގެ އައްޑޫ ބޮޑު ޖަމާޢަތް، މޫސުން ގޯސްވުމުގެ ސަބަބުން ވަނީ ކެންސަލް ކުރެވިފައެވެ. ތަފްޞީލް


ރަމަޟާންމަހާ ގުޅޭ ޝިޢާރުތައް ހިމެނޭ ބެނާތަކެއް ހަރުކޮށްފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 646 ފަހަރު

ރަމަޟާންމަހާ ގުޅޭ ޝިޢާރުތައް ހިމެނޭ ބެނާތަކެއް ހަރުކޮށްފި ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން ތައްޔާރުކުރި ރަމަޟާންމަހުގެ ޝިޢާރުތައް ހިމެނޭ ބެނާތަކެއް ހިތަދޫގެ އެކި ހިސާބުތަކުގައި ހަރުކުރެވިއްޖެއެވެ. މިއީ ރަމަޟާންމަހާ ގުޅިގެން ، ޢާއްމުން ހޭލުންތެރިކުރުމަށް މިޖަމްޢިއްޔާގެ ފަރާތުން ހިންގާފައިވާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ހިތަދޫގެ މައި މަގުތަކުގެ އެކި ހިސާބުތަކުގައި ބޮކިދަނޑިތަކުގައި މި ބެނާތައް ވަނީ ހަރުކުރެވިފައެވެ. ބެނާތަކުގައި ވަނީ ރަމަޟާންމަހާ ގުޅޭ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތަރުޖަމާއާއި، ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ތަކުގެ ތަރުޖަމާއެވެ. މި މަސައްކަތް ފަށާފައިވަނީ، 6 ޖުލައި 2013 ވީ ހޮނިހިރު ދުވަހުގެ ރޭގައެވެ. އެންމެ ފުރަތަމަ ބެނާ ހަރުކުރެވުނީ ...ތަފްޞީލް


އަންހެނުންނަށް ޚާއްޞަ ފުރަތަމަ ދަރުސް އިރުޝާދިއްޔާ ސްކޫލްގައި ބާއްވައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 868 ފަހަރު

ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން އައްޑޫސިޓީގައި މިހާރު ކުރިއަށް ގެންދާ ދަރުސް ޕްރޮގްރާމްގެ ފުރަތަމަ ޖަލްސާ 14 މާޗް 2013 ވީ ބުރާސްފަތި ދުވަހުގެރޭ މަރަދޫ އިރުޝާދިއްޔާ ސްކޫލްގައި ބާއްވައިފިއެވެ. "އަންހެނާގެ ޙަޤީޤީ ދަރަޖަ" އަދި "ލާމަސީލު އަންހެނާ" މި ދެމައުޟޫޢަށް އަލްއުސްތާޛާ މަރްޔަމް ޝަބާނާއާއި، އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާއާއި ދެ އުސްތާޛާއިން ވާހަކަފުޅު ދެއްކެވި މި ޖަލްސާގައި މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫއިން އަންހެން ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ތަފްޞީލް


އައްޑޫ ސިޓީގައި އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ދަރުސްތަކެއް ބާއްވަނީ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 822 ފަހަރު

ނޫރުލް އިސްލާމް ޖަމިއްޔާއިން އިންތިޒާމްކޮށްގެން އައްޑޫ ސިޓީގައި އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ދަރުސްތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. މި ދަރުސްތަކުގައި ވާހަކަފުޅު ދައްކަވާނީ ދީނީ ރޮނގުން ތަޢުލީމު ޙާސިލް ކުރައްވާފައިވާ ދެ ބޭކަނބަލުން ކަމަށްވާ އަލްއުސްތާޛާ މަރްޔަމް ޝަބާނާ އާއި އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާއެވެ. ފުރަތަމަ ދަރުސްބޭއްވުމަށް ހަމަޖެހިފައިވަނީ 14 މާޗް 2013 ވާ ބުރާސްފަތި ދުވަހުގެރޭ މަރަދޫ އިރުޝާދިއްޔާ ސްކޫލް ގައެވެ. މި ދަރުސްގެ މަޢުލޫތަކަކީ އަންހެނާގެ ޙަޤީޤީ ދަރަޖަ އަދި ލާމަސީލު އަންހެނާއެވެ. ތަފްޞީލް


ޞަފްޙާ :  < 1 2  3 4 5 6 > 

 

 

މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް