ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 

» ޖަމްޢިއްޔާގެ ޙަރަކާތްތައް

ކޮފީ ވިތު ޝައިޚް ގެ ސެޝަނެއް ބާއްވައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 846 ފަހަރު

މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ފިޤްހު އެކެޑެމީގެ މެންބަރު، ފަޟީލަތުއްޝައިޚް އާދަމް ޝަމީމް އިސްވެހުންނަވައިގެން ކުރިއަށް ގެންދަވާ ދައުވާ އިވެންޓްCoffee With Sheikh ގެ ސެޝަނެއް ނޫރުލްއިސްލާމްގެ ފަރާތުން އައްޑޫސިޓީ ހިތަދޫގައި ބާއްވައިފިއެވެ. 10 މޭއި 2014 ވީ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައި ހިތަދޫ ފިޓް އެއިރޯ ރެސްޓޯރަންޓްގައި ބޭއްވުނު މި އިވެންޓްގައި ވިއްސަކަށް ޒުވާނުން ބައިވެރި ވެފައިވެއެވެ. ތަފްޞީލް


ލޯބީގެ ޝަރުޢީ މިންގަނޑު މިނަމުގައި ޝައިޚް ސަމީރުގެ ދަރުސެއް ބާއްވައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 783 ފަހަރު

ނޫރުލްއިސްލާމްގެ ފަރާތުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ލެކްޗަރަރ ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރުގެ ޚާއްޞަ ދަރުސެއް "ލޯބީގެ ޝަރުޢީ މިންގަނޑު" މިނަމުގައި ބާއްވައިފިއެވެ. މި ދަރުސް ބާއްވާފައިވަނީ 18 އޭޕްރިލް 2014 ވީ ހުކުރު ދުވަހުގެ ރޭ 8:30 ގައި ހިތަދޫ ސްކޫލްގެ ހޯލުގައެވެ. ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވި މި ދަރުސް ހުށަހަޅައިދެއްވީ ޖަމްޢިއްޔަތުއްސަލަފްގެ އޮޕަރޭޝަން މެނޭޖަރ ޢަލީ ރަމީޒެވެ. ތަފްޞީލް


އަންހެން ބޭފުޅުންނަށް ޚާއްޞަކޮށް ހިންގި ތަފްސީރު ކޯސް ނިމިއްޖެ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 781 ފަހަރު

ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން ހަމައެކަނި އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ހިންގި ކީރިތި ޤުރްއާނުގެ ތަފްސީރު ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިކޯހުގައި ކިޔަވައި ދެއްވީ ކެނެޑާގެ އަންހެން ޢިލްމުވެރިއެއް ކަމަށްވާ އަލްއުސްތާޛާ ޢާއިޝާ އަލްޠާފް އެވެ. އޭޕްރިލް 13 އިން 16 އަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް ޙިރާ ސްކޫލްގައި ބޭއްވުނު މިކޯހުގައި ގިނަ ޢަދަދެއްގެ އަންހެން ބޭފުޅުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ. އިނގިރޭސި ބަހުން ކުރިއަށް ގެންދިޔަ މިކޯހުގައި ކިޔަވައި ދެވިފައިވަނީ ކީރިތި ޤުރްއާނުގެ ޔޫސުފް ސޫރަތުގެ ތަފްސީރެވެ. ތަފްޞީލް


އަންހެން ބޭފުޅުންނަށް ޚާއްޞަ ތަފްސީރު ކޯހެއް ނޫރުލްއިސްލާމް ޖަމްޢިއްޔާއިން ހިންގަނީ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1151 ފަހަރު

އަންހެން ބޭފުޅުންނަށް ޚާއްޞަ ތަފްސީރު ކޯހެއް ނޫރުލްއިސްލާމް ޖަމްޢިއްޔާއިން ހިންގަނީ ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން އައްޑޫސިޓީގައި ކީރިތި ޤުރްއާނުގެ ތަފްސީރު ކޯހެއް، މިމަހުގެ 13 އިން 16 އަށް ހިންގާ ގޮތަށް ހަމަޖައްސައިފިއެވެ. ހަމައެކަނި އަންހެން ބޭފުޅުންނަށް ބައިވެރިވެވޭގޮތަށް، ކުރިއަށް ގެންދާ މިކޯހުގައި ކިޔަވައިދެއްވާނީ ކެނެޑާގެ ބޭފުޅެއް ކަމުގައިވާ އުސްތާޛާ ޢާއިޝާ އަލްޠާފްއެވެ. މިކޯހުގެ ކިޔެވުން އޮންނާނީ، އޭޕްރިލް 13 އިން 16 އަށް ކޮންމެދުވަހަކު، ހަވީރު 4:00 އިން 6:00 އަށެވެ. މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 7525158 މިނަންބަރަށް ގުޅުއްވައި ނަން ނޯޓު ކުރެއްވުން އެދެމެވެ. ޖާގަ ފުލް ވަންދެން ނަން ނޯޓު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ނޫރުލްއިސްލާމްގެ ފަރާތުން ވަނީ ފާއިތުވި އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި މިކޯހުގެ ބައެއް، މާލޭގައި ހިންގާފައެވެ. އެ ޕްރޮގްރާމަށްވެސް ވަރަށް ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. ތަފްޞީލް


ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ނޫރުލްއިސްލާމް މެދުވެރިވެ، ރަމަޟާންމަހު އެހީ ހޯދައިދެނީ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 909 ފަހަރު

1435 ވަނަ އަހަރުގެ ރަމަޟާން މަހު، ކާބޯތަކެތީގެ އެހީއަށް ބޭނުންޖެހިފައިވާ ފަޤީރު ޢާއިލާތަކަށް ކާބޯތަކެތީގެ އެހީ ހޯދައިދީ އެތަކެތި އެ ޢާއިލާތަކަށް ރައްދުކޮށްދިނުމުގެ ޚާއްޞަ މަޝްރޫޢެއް ފެށުމަށް ނޫރުލްއިސްލާމުން ހަމަޖައްސައިފިއެވެ. މި ގޮތުން މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނިފައިވާ ފަޤީރުންނާއި އެހީއަށް ބޭނުން ޖެހިފައިވާ ނިކަމެތި ޢާއިލާތައް ހޯދުމުގެ މަސައްކަތް މި ޖަމްޢިއްޔާގެ ފަރާތުން މިހާރުވާނީ އިޢުލާން ކުރެވިފައެވެ. އެހެންކަމުން މިފަދަ ޢާއިލާއެއްގެ މަޢުލޫމާތު ލިބިފައިވާ ކޮންމެ ފަރާތަކުން، ނޫރުލްއިސްލާމްގެ ނަންބަރު 7676446 އަށް ގުޅުއްވައި، މަޢުލޫމާތު ދެއްވުން އެދެމެވެ. މިގޮތުން ފަޤީރު ޢާއިލާތައް އަމިއްލައަށްވެސް، އަދި އެހެން ބަޔަކު މެދުވެރިކޮށްވެސް ނަންނޯޓު ކުރެވޭނެއެވެ. ތަފްޞީލް


ޝައިޚް ވަލީދު ޢަބްދުލްޙަކީމްގެ ދަރުސެއް ކާމިޔާބުކަމާއެކު ނޫރުލްއިސްލާމުން ބާއްވައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 886 ފަހަރު

ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން، ޖަމްޢިއްޔަތުއްސަލަފްގެ އެހީތެރިކަމާއެކު ޝައިޚް ވަލީދު ޢަބްދުލްޙަކީމްގެ ކާމިޔާބު ދަރުސެއް، 26 ޖެނުއަރީ 2014ވީ އާދީއްތަ ދުވަހުގެރޭ 8:30 ގައި ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ހޯލުގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. މިދަރުސްގައި ގިނަ ޢަދަދެއްގެ ޢާއްމުން ބައިވެރިވެފައި ވެއެވެ. ދަރުސް ހުށަހަޅުއްވައި ދެއްވީ ނޫރުލްއިސްލާމްގެ ހިންގާ ކޮމިޓީގެ މެންބަރު އަލްފާޟިލް ޢަލީ ފަހުމީއެވެ. މިދަރުސްގައި ދެކުނު ޕޮލިސް ޑިވިޜަން ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިފާންއާއި ފުލުހުންގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ ފަރާތުން ހިތަދޫގައި ހިންގި ކުރު ކޯސްތައް ނިމިއްޖެ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 934 ފަހަރު

ނޫރުލްއިސްލާމް ޖަމްޢިއްޔާއާއި މަރަދޫ ތަދްރީސުލް ޤުރްއާނާއި، ޖިއްދާގެ މަރްކަޒުލް ފުރްޤާން ލި ތަޢްލީމިލް ޤުރްއާނާއި ގުޅިގެން ހިންގި 4 ދުވަހުގެ ކޯސްތައް ނިމިއްޖެއެވެ. މިކޯސްތަކުގައި 100 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. ޖެނުއަރީ 19-20 އަދި 21 މި ތިންދުވަހު ބޭއްވިފައިވަނީ، ވާހަކަ ދެއްކުމުގެ ހުނަރުގެ ކޯހަކާއި، ޢަޤީދާގެ ކޯހެކެވެ. މިކޯސްތަކުގެ އިތުރުން ވަކި ދެސެޝަނެއްގެ ގޮތުގައި، "ޙަޔާތުގެ ބައިވެރިއަކު އިޚްތިޔާރު ކުރާނީ ކިހިނެތް؟" މި މައުޟޫޢަށާއި، "ކާމިޔާބު ޒަވާޖީ ޙަޔާތަކަށް" މި މައުޟޫޢަށް އިސްލާމީ ނަޒަރަކުން ވަކި ދެސެޝަން ނަގައި ދެވިފައިވެއެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ ފަރާތުން ކުރު ކޯސްތަކެއް ހިންގަނީ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 920 ފަހަރު

ސުޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ޤާއިމު ކުރެވިފައިވާ މަރްކަޒުލް ފުރްޤާން ލިތަޢުލީމިލް ޤުރްއާން އާއި ނޫރުލްއިސްލާމް ޖަމްޢިއްޔާ، އަދި މަރަދޫ ތަދްރީސުލް ޤުރްއާން ގުޅިގެން ޢިލްމީ ކޯސްތަކެއް ހިންގުމަށް ޤަޞްދުކޮށް އެކަމަށް އިޢުލާން ކޮށްފިއެވެ. ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން މަޢުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ، އާދީއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8:30 އިން 11 އަށެވެ. މިކޯސްތަކުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ މަރަދޫ މަރަދޫފޭދޫ އަދި ފޭދޫގެ ބޭފުޅުން ތަދްރީސުލް ޤުރްއާން (ޤުރްއާން ކުލާސް)އަށް ވަޑައިގެން ނަންނޯޓު ކުރެއްވުމަށާއި، ހިތަދޫއިން ބައިވެރިވެ ވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާ ބޭފުޅުން ނޫރުލްއިސްލާމް ޖަމްޢިއްޔާގެ 7676446 މިނަންބަރަށް ގުޅުއްވައި ނަންނޯޓު ކުރެއްވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މަރަދޫގައި ބާއްވާ ކޯސްތަކުގެ ކިޔެވުން އޮންނާނީ މަރަދޫ ތަދްރީސުލް ޤުރްއާނުގައެވެ. ހިތަދޫގައި ކޯސްތަކުގެ ކިޔެވުން އޮންނާނެ ތަނެއް ކަނޑައަޅަން އެނގޭނީ، ބައިވެރިންގެ ޢަދަދަށް ބަލާފައިކަމަށް ނޫރުލްއިސްލާމް ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވައެވެ. ތަފްޞީލް


ސީރިޔާގެ މުސްލިމުންނަށް އެހީވުމަށް ފަންޑް ހޯދުމަށް ނޫރުލްއިސްލާމް އަންހެނުންގެ ގޮތްޕާއި ފޭދޫ ޒުވާނުން ގުޅިގެން ދޮރުން ދޮރަށް ހިނގައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 851 ފަހަރު

ސީރިޔާގެ މުސްލިމުންނަށް އެހީވުމަށް ފަންޑް ހޯދުމަށް ނޫރުލްއިސްލާމް އަންހެނުންގެ ގޮތްޕާއި ފޭދޫ ޒުވާނުން ގުޅިގެން ދޮރުން ދޮރަށް ހިނގައިފި. އެހީ ޖަމްޢިއްޔާއާއި ނޫރުލްއިސްލާމާއި ޕީސް ފައުންޑޭޝަން ގުޅިގެން ހިންގަމުންދާ ހެލްޕް ސީރިޔާ ތްރޫ ވިންޓާ މޯލްޑިވްސް ކެމްޕެއިންގެ ދަށުން، 10 ޖެނުއަރީ 2014 ވީ ހުކުރު ދުވަހުގެ ހަވީރު ފޭދޫގެ ގެތަކަށް ދޮރުން ދޮރަށް ހިނގައި ފަންޑް އެއްކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމްގައި ފޭދޫގެ ޢާއްމުންގެ ވަރަށްބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށް ނޫރުލްއިސްލާމް ޖަމްޢިއްޔާގެ އަންހެނުންގެ ގޮފީގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވެއެވެ. ތަފްޞީލް


ނޫރުލްއިސްލާމް އަންހެނުންގެ ގޮފީގެ ފަރާތުން ސްކައިޕް ދަރުސެއް ބާއްވައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 876 ފަހަރު

ނޫރުލްއިސްލާމް އަންހެނުންގެ ގޮފީގެ ފަރާތުން، ސްކައިޕް ވީޑިއޯ ކޯލް މެދުވެރިކޮށް ޚާއްޞަ ދަރުސް އެއް ބާއްވައިފިއެވެ. މި ދަރުސް ދެއްވީ މާލޭގައި ހުންނެވި އަލްއުސްތާޛާ މަރްޔަމް ޝަބާނާއެވެ. ދަރުސް ބާއްވާފައިވަނީ 9 ޖެނުއަރީ 2014 ވީ ބުރާސްފަތި ދުވަހުގެރޭ ނޫރުލްއިސްލާމް ޖަމްޢިއްޔާގެ އޮފީހުގައެވެ. ދަރުސްގައި އަގުހުރި މައުލޫމާތު ތަކެއް ލިބިގެން ދިޔަ ކަމަށް ބައިވެރިން ވަނީ ބުނެފައެވެ. ކުރިއަށް އޮތް ތަނުގައި ކޮންމެ ހަފްތާއަކު މަދުވެގެން އެއްފަހަރު، އަންހެން ބޭފުޅުންނަށް ޚާއްޞަ ދަރުސްތައް، ނޫރުލްއިސްލާމް އަންހެނުންގެ ގޮފިން އިންތިޒާމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ތަފްޞީލް


ޞަފްޙާ :  < 1  2 3 4 5 6 > 

 

 

މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް