ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 

» ޖަމްޢިއްޔާގެ ޙަރަކާތްތައް

މިއަހަރު ދަކޯލް ބޭއްވުމަށް ހަމަޖައްސައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 2161 ފަހަރު

ޖަމްޢިއްޔަތުއްސަލަފުގެ އޮޕަރޭޝަން މެނޭޖަރ ޢަލީ ރަމީޒް ހާމަކުރެއްވިގޮތުގައި މިފަހަރުގެ މި އިވެންޓަކީ އިންޓަރނޭޝަނަލް ދައުވާ އިވެންޓެއް ރާއްޖޭގެ ބައެއް ކަންކޮޅުތަކުގައި ގެންދަން ރާވާފައިވާ ފުރަތަމަ ފަހަރު ކަމަށާއި އެގޮތުން އައްޑޫގެ ދީނީ ޖަމްޢިއްޔާއެއް ކަމަށްވާ ނޫރުލްއިސްލާމް އާއި ގުޅިގެން އައްޑޫގައި ސަލަފް "ދަ ކޯލް 2014" ގެ ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށެވެ. އައްޑޫގައި ބާއްވާ ޙަރަކާތްތަކާއި ގުޅޭގޮތުން ނޫރުލް އިސްލާމްގެ ރައީސް މުޙައްމަދު އަނީލް ވިދާޅުވެފައިވާގޮތުގައި "ދަކޯލް" ގެ ޙަރަކާތް އައްޑޫގައި ބޭއްވުމުގެ ފުރުޞަތު ލިބިގެންދިޔުމަކީ ލިބުނު ވަރަށްބޮޑު އުފަލެއްކަމަށާއި އަދި މިފަދަ ބޮޑު އިވެންޓެއް އައްޑޫގައި ބޭއްވުމުން އޭގެ ފައިދާ މުޅި އަތޮޅަށް އިންޝާﷲ ކުރާނެކަމަށެވެ.ތަފްޞީލް


އައްޑޫގެ އާއިލާތަކަށް ދީނީ އިލްމުވެރިން ހަމަޖައްސައި ދިނުމުގެ ޕްރޮގްރާމެއް ފަށައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 2148 ފަހަރު

ދިނީ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދަން ބޭނުންވާ އައްޑޫގެ ހުރިހާ އާއިލާތަކަށް ދީނީ އިލްމުވެރިން ހަމަޖައްސައިދިނުމުގެ ޕްރޮގްރާމެއް ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ އިން ފަށައިފި އެވެ. "ދިނީ އިލްމުވެރިންނާ އެކު ދޮރުން ދޮރަށް، އިސްލާމް ދީނުގެ ދައުވަތާއިގެން" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ ހުރިހާ ރަށެއްގެ އާއިލާތަކަށް އިއްޔެ ރަސްމީކޮށް ހުޅުވާލުމާ އެކު ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ނޫރުލް އިސްލާމުން ބުންޏެވެ. ތަފްޞީލް


ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން އައްޑޫގައި ޙައްޖު ފޯރަމެއް ބާއްވަނީ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 2297 ފަހަރު

އިސްލާމް ދީނުގެ ޞައްޙަ ތަޢުލީމު މީސްތަކުންނާ ހަމައަށް ފޯރުކޮށްދިނުމަށް ނޫރުލްއިސްލާމުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1435 ވަނަ އަހަރު ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޙައްޖު ފޯރަމް 1435 ނަމުގައި އެއް ދުވަހުގެ ޢިލްމީ ކޯހެއް ހިންގުމަށް އެޖަމްޢިއްޔާއިން ނިންމައިފިއެވެ. ސެޕްޓެމްބަރ މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޯހުގައި، އައްޑޫ އިން މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ހިލޭ ބައިވެރިވެވަޑައިގެންނެވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިކޯހުގައި ޙައްޖުވެރިން ޙައްޖަށް ފުރުމުގެ ކުރިން ފެށިގެން، ޙައްޖަށް ރާއްޖެއިން ފުރުމާއި، އެނބުރި ރާއްޖެ އައުމާއި ދެމެދު ކުރަންޖެހޭ ހުރިހާ ކަމެއް ތަފްޞީލުކޮށް ކިޔައިދެވި، ޢަމަލީ ގޮތުން ކަންތައް ކުރާނެ ގޮތް ދަސްކޮށް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. ތަފްޞީލް


އިސްލާމިކް އޮންލައިން ޔުނިވާސިޓީގެ އިމްތިޙާނުތައް އައްޑޫގައި ކުރިއަށް ދަނީ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 2108 ފަހަރު

އިސްލާމިކް އޮންލައިން ޔުނިވަރސިޓީ (އައީއޯޔޫ) ގެ މިއަހަރުގެ ދެވަނަ ސެމިސްޓާގެ އިމްތިޙާނުތައް އައްޑޫގައި މިއަދު ފެށިއްޖެ އެވެ. އެ ޔުނިވާސިޓީގެ ރަސްމީ އިމްތިޙާން ސެންޓަރެއްގެ ގޮތުގައި މާލެ ފިޔަވައި ރާއްޖޭގެ އެހެން ހިސާބެއްގައި ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނު ސެންޓަރުގެ ގޮތުގައި ޤާއިމު ކުރެވިފައިވާ ނޫރުލްއިސްލާމް އިމްތިޙާން ސެންޓަރުގައި ދެދަރިވަރަކު މިއިމްތިޙާނު ހަދަމުން ގެންދެއެވެ. އައީއޯޔޫއަކީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސްގެ މަސްއޫލުވެރިކަމުގެ ދަށުން އެކި ދާއިރާތަކުން ކިޔަވައި ދެމުން ގެންދާ އޮންލައިން ޔުނިވަރސިޓީއެކެވެ. މި ޔުނިވާސިޓީގައި ހިލޭ ކިޔަވައިދޭ ޑިޕްލޮމާ ކޯސްތަކާއި، އަދި ކުޑަ ރަމްޒީ އަގަކާއެކު ކިޔަވައިދޭ ޑިގްރީ ކޯސްތައްވެސް ހިންގަމުން ގެންދެއެވެ. ތަފްޞީލް


ޣައްޒާ ފަންޑުގެ ފޮށިތައް ހިތަދޫ އާގަލާ މާޓް އަދި ފޭދޫ ތްރީ އެސް ގައި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 2160 ފަހަރު

ފަލަސްޠީނުގެ ޣައްޒާގައި ޒައިނިސްޓުން ހިންގަމުންދާ ޢުދުވާނުގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމަށް ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޣައްޒާ ފަންޑުގެ ފަންޑު ފޮށިތައް ހިތަދޫ އާގަލާ މާޓް ފިހާރައާއި، ފޭދޫ ތްރީ އެސް ސުޕަމާޓް ފިހާރައިގައި ބެހެއްޓިފައި ވާނެއެވެ. ތަފްޞީލް


ޣައްޒާ ފަންޑަށް 2 ލައްކައަށްވުރެ ގިނަ ރުފިޔާ ޖަމާ ކުރެވިއްޖެ
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1013 ފަހަރު

ނޫރުލްއިސްލާމް ޖަމްޢިއްޔާއިން އިސްނަގައިގެން، ހިތަދޫގެ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ޕާލްސް ޖަމްޢިއްޔާއާއި ގުޅިގެން ޣައްޒާ ފަންޑުގެ ފަންޑުފޮށިތައް 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 28 ގެ ނިޔަލަށް ހިތަދޫގައި ވަނީ ބެހެއްޓިފައެވެ. މި ފޮށިތަކަށް ޖުމްލަ 203347 ރުފިޔާ 75 ލާރި އާއި 726 ޔޫއެސް ޑޮލަރު ލިބިފައި ވެއެވެ. މި ފައިސާ ވަނީ 30 ޖުލައި 2014 ގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އައްޑޫ ބްރާންޗް މެދުވެރިކޮށް ޣައްޒާ ފަންޑުގެ އެކައުންޓަށް ޖަމާ ކުރެވިފައެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ ރޯޑްޝޯވ އެއް 12 ޖުލައި 2014 ވާ ހޮނިހިރު ދުވަހު ހިތަދޫގައި ބޭއްވުމަށް ހަމަޖައްސައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1089 ފަހަރު

ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ނޫރުލްއިސްލާމުން ބާއްވާ ޚާއްޞަ ރޯޑްޝޯވ އެއް ޖުލައި 12 ވާ ހޮނިހިރު ދުވަހުގެ ހަވީރު ހިތަދޫގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ. މި ރޯޑްޝޯވް ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްކޫލް ކުރިމަތިން ބޮޑުމަގުގެ ތާރުގަނޑު ނިމޭ ހިސާބުގައި ކުރިން މޮނިޔުމަންޓް ބެހެއްޓިފައި ހުރި ދިމާލުގައެވެ. ރޯޑްޝޯވގެ ސްލޯގަން އަކަށް ބޭނުންކުރަނީ "ACHIEVE YOUR GOAL" އެވެ. ތަފްޞީލް


1435 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދު މައިދާނެއްގައި ބޮޑު ޖަމާޢަތަކާއެކު ކުރުމަށް ނޫރުލްއިސްލާމުން ނިންމައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1245 ފަހަރު

1434 ވަނަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ފިޠުރު ޢީދުނަމާދުވެސް މައިދާނެއްގައި ބޮޑު ޖަމާޢަތަކާއެކު ކުރުމަށް ނޫރުލްއިސްލާމުން ނިންމައިފިއެވެ. މިއަހަރުގެ ޢީދު ނަމާދުގެ އައްޑޫ ބޮޑު ޖަމާޢަތުގެ އިމާމަކީ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީން ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބުނު ސަޢީދު ޤާސިމެވެ. ޢީދު ނަމާދު ބާއްވާނެ ތަނެއް ހަމަޖެހުމާއެކު ނޫރުލްއިސްލާމުން އެކަން އިޢުލާނު ކުރާނެއެވެ. ޢީދު ނަމާދު މައިދާނުގައި ބޭއްވުމުގެ އިންތިޒާމުތަކަށް ފައިސާގެ އެހީތެރިކަމަށް ނޫރުލްއިސްލާމް ޖަމްޢިއްޔާ ބޭނުންވެފައިވެއެވެ. އެހެންކަމުން އެހީތެރިކަމެއް ދެއްވަން އެދިވަޑައިގަންނަވާ ބޭފުޅުން ނޫރުލްއިސްލާމްގެ ނަންބަރު 7676446 އަށް ގުޅުއްވައި އެކަން ހަމަޖެއްސެވުން އެދެމެވެ. ތަފްޞީލް


ނޫރުލްއިސްލާމްގެ ރަމަޟާން އެހީ 1435 މަޝްރޫޢު ކުރިއަށް ގެންގޮސްފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 967 ފަހަރު

ނޫރުލްއިސްލާމްގެ ފަރާތުން ހިތަދޫގެ ފަޤީރު ޢާއިލާތައް ނޯޓް ކުރުމަށް ހުޅުވާލި ފުރުޞަތުގައި ނަންނޯޓު ކުރި ޢާއިލާތައް ސްކްރީން ކުރުމަށްފަހު ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށް ނޫރުލްއިސްލާމްގެ ޗެރިޓީ ޑިޕާޓްމަންޓުން ނިންމި ޢާއިލާތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދީފިއެވެ. މިކަމަށްޓަކައި ޖޫން މަހުގެ 27 އަދި 28 ގައި ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހިތަދޫގެ 13 ޢާއިލާއަކަށް ރަމަޟާންމަހަށް ބޭނުންވާނެ ކާބޯތަކެތީގެ އެހީ ފޯރުކޮށްދެވިފައިވެއެވެ. ތަފްޞީލް


މުސްލިމް ޒުވާނާ މިނަމުގައި ޝައިޚް އާދަމް ޝަމީމްގެ ދަރުސެއް ބާއްވައިފި
މިހާތަނަށް މިޞަފްޙާ ބަލާފައިވަނީ 1041 ފަހަރު

މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ފިޤްހު އެކެޑެމީގެ މެންބަރު، ފަޟީލަތުއްޝައިޚް އާދަމް ޝަމީމްގެ ދަރުސެއް " މުސްލިމް ޒުވާނާ " މި މައުޟޫޢަށް ހިތަދޫ ހުކުރު މިސްކިތުގައި ބާއްވައިފިއެވެ. 10 މޭއި 2014 ވީ ހޮނިހިރު ދުވަހުގެ ރޭ ޢިޝާ ނަމާދަށްފަހު ބޭއްވުނު މިދަރުސް އަޑުއެހުމަށް ގިނަ ބަޔަކު ހުކުރު މިސްކިތަށް ހާޒިރުވިއެވެ. ތަފްޞީލް


ޞަފްޙާ :   1 2 3 4 5 6 > 

 

 

މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް